މާމެންދޫ މަރާ ގުޅިގެން އެކަކު ހައްޔަރުކޮށް ތަހުގީގަށް ޚާއްސަ ޓީމެއް މާމެންދޫއަށް!

ގއ މާމެންދޫގައި ހިންގި މާރާމާރީއެއްގައި ކުއްޖަކު މަރާލި މައްސަލައިގައި އެކަކު ހައްޔަރު ކޮށް ތަހުގީގަށް ޚާއްސަ ޓީމެއް އެރަށަށް ފޮނުވާނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މާމެންދޫގައި ހިންގި މާރާމީރީގައި ނިޔާވެފައިވަނީ، ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު ، 17އ އެވެ. މީގެ އިތުރުން މި މާރާމާރީގައި އިތުރު މީހަކަށް ސީރިއަސް ޒަޚަމުތަކެއް ލިބުމާ ގުޅިގެން އިތުރު ފަރުވާއަށް ގދ ތިނަދޫގެ، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި މައްސަލާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފައިވާއިރު، މާމެންދޫއާ ކައިރި ގއ އަތޮޅުގެ އެހެން ރަށްތަކުގައި ފުލުހުން މާމެންދޫގައި މިހާރު އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލަ ބަލަމުން ގެންދާނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށާއި މިއަދު ހެނދުނު މި މައްސަލައިގެ އިތުރު ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް މާމެންދޫއަށް ފުރުމަށް ވަނީ ހަމަޖެހިފައި ކަމުގައި ވެސް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.
އުމުރުން 17 އަހަރުގެ އުދައްޔު، ގއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.