"ދީނަށް އޮތް ޢަދާވާތްތެރިކަން ދައްކަނީ ޢިލްމުވެރިންނަށް ފުރައްސާރަކޮށް ބިރު ދައްކައިގެން"

ދީނަށް އޮތް ޢަދާވާތްތެރިކަން ދައްކަނީ ޢިލްމުވެރިންނަށް ފުރައްސާރަކޮށް ބިރު ދައްކައިގެން ކަމަށް ޝެއިޚް އިލްޔާސް ޙުސެއިން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިލްޔާސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާމެންގެ ހިތުގައި ދީނާމެދު އޮތް އަދާވާތްތެރިކަމާ ނަފްރަތު ފާޅުގައި ހާމަކޮށްފިނަމަ ރައްޔިތުންގެ ނުރުހުން އެތައް ގުނައަކަށްވުރެ އިތުރަށް ލިބޭނެ ކަމަށްޓަކައި، ކޮންމެވެސް ސްލޯގަނެއްގެ ނިވަލުގައި ނުކުތުމަކީ ލާދީނީ މީހުންގެ ގޮތް ކަމަށެވެ.
"ޢިލްމުވެރީންނަށް ފުރައްސާރަކޮށް ބިރު ދައްކައިގެން އިސްލާމް ދީނުގެ އަޑު ކަނޑުވައެއް ނުލެވޭނެ إن شاء الله. ލާދީނީ މީހުންނާ ދެކޮޅަށް ޢިލްމުވެރިންގެ ސަފުތައް ވަރުގަދަ ވެފައި ބަދަހި ވާނެ" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.