ސިއްޙަތު

ހަފްތާއަކު ކިލޯއެއް ދުއްވާލަން ބޭނުންތަ؟ މިއޮތީ ހައްލު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހަށިގަނޑު ފަލަވެގެން ދަނީ ކެއުމަށް ނުބަލާތީއޭ ވަރަށް ގިނަމީހުން ބުނާ އަޑު އަހަމުއެވެ. އެހެން ނަމަވެސް އެހެން ބުނާ މީހުން ވެސް އެމީހުންގެ ޢުމުރާ އިސްކޮޅާ އެކަށީގެން ނުވާ މިންވަރަށް ފަލަވަމުންދާއިރު ވެސް އެމީހުން ވެސް ކެއުމަށް ބަލައިނުލައި ތިބެނީ ކީއްވެބާއޭ ސުވާލު އުފެދެއެވެ. ހިކެން ކުރާނެ މަސައްކަތާއި، ކާންވީ ތަކެތި އެންމެންނަށް ވެސް އެނގެއެވެ. އެހެންނަމަވެސް ހިކުމުގެ ނިޔަތުގައި ކާން ފަށާ "ޑައިޓް" އެދެވޭ ނަތީޖާއެއް ފެންނާން ދެން ހިފަހައްޓާ ނުލެވެނީ ކަމުގައި ބެލެވެއެވެ.

Ads by Hajj Corporation

އެހުރިހާ ކަމަކަށް ހައްލު ގެނެސް، ހަށިގަނޑު ހިއްކާލުމަށް ޓަކައި ކޮންމެ ރެއަކު ފަތިހު ހުސްބަނޑާ ހުރެގެން ބޭނުން ކުރަން ޖެހޭ ބުއިމެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. މީގެ ސަބަބުން ހަށިގަނޑުން ކޮންމެ ހަފްތާއަކު ކިލޯއެއް ލުއިވެގެން ދާނެއެވެ. މިއީ ސިއްހަތަށް އެއްވެސް ގެއްލުމެއް ލިބޭނެ ބުއިމެއް ނޫނެވެ. އޭގެ ބަދަލުގައި ސިއްހަތަށް އެތައް ފައިދާތަކެއް ކުރާނެ "މޮޅު" ބުއިމެކެވެ. ނަމަވެސް ބައެއް މީހުންނަށް މީގެ ރަހަ އެހާ މީރެއް ނުވާނެއެވެ. ފުރަތަމަ ދެ ހަފްތާގައި ރަހައިގައި ކުޑަކޮށް ތަފާތުކަމެއް ހުއްޓަސް އާދަވެގެން މީތި ބޯން ފެށުމުން ހަމައަކަށް އެޅި އޭގެ ރަހައަށް ހޭނޭނެއެވެ.

ހަށިގަނޑު ފަލަވެގެން ނުވަތަ ލޮކިމަސް އިތުރުވެގެން އުޅޭ މީހުންނަށް މިއީ ވަރަށް ރަނގަޅު ބުއިމެކެވެ. އަދި ތައްޔާރު ކޮށްލަން އެހާމެ ފަސޭހަ ބުއިމެކެވެ.

މި ބުއިން ތައްޔާރު ކުރުމަށް ބޭނުންވާނީި:

100 ގުރާމު ހިނކަދިފަތް

ކުޑައިނގުރު ކޮޅެއް

10 ގުރާމު ފޮނިތޮށި

ތައްޔާރު ކުރާނެ ގޮތް:

އެއްފަހަރު ބޭނުންކުރާ ވަރަށް މި ބުއިން ތައްޔާރު ކުރާނަމަ މަތީގައިވާ މިންވަރަށް ތަކެތި ހޯދުމަށްފަހު ހިކަނދިފަތްކޮޅާއި، އިނގުރުކޮޅާއި، އަދި ފޮނިތޮށި ކޮޅު މިކްސަރަށް އެޅުމަށްފަހު ރަގަޅަށް ހިމުން ވަންދެން މުގުރާލާށެވެ. ދެން މާބޮޑަށް އޮލަ ނުވާ ވަރަށް ފެން އަަޅާށެވެ. ދެން ފުރާނާލާށެވެ. މިހާރު އެހެރީ ބުއިން ތައްޔާރު ކުރެވިފައެވެ. އައިސް ކޮށްގެން ވެސް ނުވަތަ އައިސް ނުކޮށް ވެސް މި ބުއިން ބޭނުން ކުރެވިދާނެއެވެ. ކޮންމެ ރެއަކުވެސް ފަތިހު ތެދުވެ ހުސްބަނޑާހުރެ މި ބޯށެވެ. ކޮންމެ ހަފްތާއަކު ކިލޯއެއް ހަށިގަނޑުން ލުއިވެގެން ދާނެއެވެ.

މިބުއިން ބުޔަސް މީގެ ނަތީޖާ ބޮޑަށް ރަނގަަޅު ވެގެން ދާނީ ފޮނިކާއެއްޗިއްސާއި، އެނޫނަސް ހަށިގަނޑު ފަލަކޮށްދޭ ބާވަތްތަކުގެ ކާނާއާއި، ފިޒީ ބުއިންތަކުން ދުރުހެލިވީ ވަރަކުންނެވެ. މިގޮތަށް ކެއުމަށް ބަލައިގެން މި ބުއިން ބޭނުންކުރި ބައެއް މީހުން ބުނިގޮތުން ބައެއް ހަފްތާތަކުގައި 2 ކިލޯ ނުވަތަ ދޮޅުކިލޯ ވެސް ލުއިވެގެން ގޮސްފައި ވެއެވެ.

Ads by HDC
  1. ފެށީ