ކޮޅުފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ކޮޅުފުށި މޮނިޓަރިން އަށް ލާފައިވަނީ ކޮޅުފުށީގައި ޗުއްޓީ ހޭދަ ކޮށްފައި އަނބުރާ މާލެ އައި މީހަކު ކޮވިޑް 19 އަށް ފައްސިވުމާ ގުޅިގެން، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށް ފެންނާތީ އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
ކޮޅުފުށިން ޖުމްލަ 33 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ.