ދެކުނު އެފްރިކާއިން ކޮވިޝީލްޑްގެ އެއް މިލިޔަން ޑޯޒް އަނބުރާ އިންޑިއާއަށް ފޮނުވާލަނީ
ދެކުނު އެފްރިކާއިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން ގަނެފައިވާ 1 މިލިޔަން ޑޯޒްގެ ކޮވިޝީލްޑް ވެކްސިން އަނބުރާ ފޮނުވާލަން ނިންމައިފިއެވެ.
"ދަ އެކޮނޮމިކް ޓައިމްސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާގެ ސަރުކާރުން ވަނީ އިންޑިއާގެ ސިރަމް އިންސްޓިއުޓްއިން އޮކްސްފޯޑްގެ ފޯމިއުލާއަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އަބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ގެނައުމަށް ހަމަޖެހިފައިވާ އިތުރު 5 ލައްކަ ޑޯޒް ނުގެންނަން އަންގާފައިވާ ކަމަށް ވެސް އެނޫހުން ރިޕޯޓް ކުރެއެވެ. އަދި މިކަމާ ގުޅޭގޮތުން ސިރަމް އިންސްޓިއުޓްގެ ބަހެއް ލިބިފައި ނުވާ ކަމަށް ވެސް ވެއެވެ.
ދެކުނު އެފްރިކާއިން ކޮވިޝީލްޑް ވެކްސިން ޖެހުން މެދު ކަނޑާލަން މީގެ ކުރިން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19ގެ އެފްރިކާގެ ވޭރިއަންޓް 501Y އަށް ކޮވިޝީލްޑްއަށް ނުކަތާ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އޮކްސްފޯޑުން ބުނެފައިވަނީ ވެކްސިން ޖެހުމުން ކޮވިޑް-19 ޖެހުނު ކަމުގައި ވީ ނަމަވެސް ބަލި ބޮޑުވުމާއި އެނދުމަތި ކުރުމުން ދުރުކޮށްދޭ ކަމަށެވެ.
ދެކުނު އެފްރިކާއިން ކޮވިޝީލްޑް ވެކްސިން ނުޖަހަން ނިންމާފައި މިވަނީ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފައި ވަނިކޮށެވެ. ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ ކޮވިޑް-19 އިން ކޮވިޝީލްޑް ވެކްސިން ސަލާމަތްކޮށްދޭ ކަމަށާއި އަދި މިވެކްސިން މުސްކުޅިން ގަޔަށް ޖަހަން ވެސް ރައްކާތެރި ކަމަށެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ކޮވިޝީލްޑް ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދޭކަން ފާހަގަ ކޮށްލެއެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހާތީ އެއީ ގޯސް އެއްޗެއްކަމަށް ދޭހަވާގޮތަށް ކެނޑިނޭޅި ޚަބަރާއި ރިޕޯޓްތައް އަދި އެހެނިހެން ކޮންޓެންޓް ގެނެސްދިނުން.
މަގުމަތީ ހޫރިފަ އައިސް ނޫސްވެރިޔެކޭ ބުނީމަ އެންމެނަށްއެގޭ
މިކިޔަނީ ތިޔައީ ބުއްދި ހަމަޖެހޭބަޔަކު ނުޖަހާނެ
މިލިޔުމުގައި އޮތީއެފްރިކާއިން ކޮވިޝީލްޑް އަބުރާފޮނުވިވާހަކަ އެއީދޮގެއްނަމަ މައްސަލަޔެއް ދިވެހިރާއްޖެއިން މާމޮޅުއެއްޗަކަށް ހަދައިގެން ގަތްއަގުވެސް ހާމަނުކޮށް ދިވެހިންގަޔަށްޖެހިޔަސް އެހެންގައުމުތަކުން ވާނުވާބަލައިފަ ރައްޔަތުންނަށްދެނީ