ބޮލީވުޑް

ކަރީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި، އެންމެންވެސް ތިބީ ވިހާނެ އިރެއްގެ އިންތިޒާރުގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑު ތަރި ކަރީނާ ކަޕޫރުގެ ދެވަނަ ދަރިފުޅު ވިހެއުމަށް ހޮސްޕިޓަލުގައި އެޑްމިޓް ވެއްޖެއެވެ.

Ads by STELCO

ރިޕޯޓުތައް ބުނާ ގޮތުގައި ކަރީނާ އެޑްމިޓްވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އާއިލާ އެންމެންނާއި ރައްޓެހިންގެ އިތުރުން ފޭނުން ވެސް އަންނަނީ ކަރީނާ ވިހެއުމުގެ އުފާވެރި ހަބަރު ލިބޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

ކަރީނާ ވިހަން މީގެ ކުރިން ޑޮކްޓަރުން ދިން ތާރީހަކީ ފެބްރުއަރީ 14 އެވެ.

ބަނޑުބޮޑު ދުވަސްވަރު ކަރީނާ ފާހަގަވެގެން ދިޔައީ ވަރަށް ވެސް އެކްޓިވް ކޮށެވެ. އެގޮތުން އެކި ޝޫޓިންތަކާއި އިވެންޓުތަކުން ކަރީނާ ވަނީ ފެނިގެން ގޮސްފައެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރި ތައިމޫރް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ލިބެން ވާއިރަށް ސައިފް ވަނީ ޗުއްޓީ ވެސް ނަގާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!