ޚަބަރު

މޫދަށް އެރުނު މީހަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހުޅުމާލޭގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި މޫދަށް އެރި އުޅުނު ފިރިހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މީހާއަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ހަވީރު ވެސް ރާއްޖޭގައި ކުޑަކުއްޖަކު ވަނީ ގެނބިގެން ނިޔާވެފައެވެ.

ރ. ފައިނުގައި ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 5 އަހަރުގެ ކުޑަކުއްޖެކެވެ. އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެރަށު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ކަމަށް ފައިނު ކައުންސިލު ރައީސް އިބްރާހިމް ނާސިރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް، އެސަރަޙައްދުން އެކުއްޖާ ފެނުނީ އާންމުންގެ މީހަކަށް ކަމަށާއި، ކުއްޖާ ފެނުނީ ރާޅު ނަގާތާ މޫދު އަޑިން ކަމަށް ނާސިރު ވިދާޅުވިއެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!