Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮޅުފުށީގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ކޮޅުފުށީގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

މ ކޮޅުފުށީގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާކަން، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ދެން" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް ފައްސިވެފައި ވަނީ އެރަށުގައި ކަރަންޓީނުގައި ހުރި މީހެއްތޯ ނުވަތަ ނޫންތޯ އަދި ޔަގީން ކަމާއެކު ދަންނަވަން ނޭނގޭ ކަމުގައި ވެސް އެޗްއީއޯސީ ގެ އޮފިޝަލް ވަނީ "ދެން"އާ ހިއްސާ ކޮށްފައެވެ.

މީގެ ކުރިން ވެސް ކޮޅުފުށިން ކޮވިޑް ކޭސްތައް ފެނުމާއެކު މިމަހު 24 ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލައިފައިވެއެވެ. އެއަށް ފަހުގައި ރަށުން އެއްވެސް ތަރުތީބެއް ނެތި ނެގި ހުރިހާ ސާމްޕަލް ތަކެއް ވެސް ނައްސި ވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތުން ވީއްލާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

Advertisement
HDC — Sidebar (box)

މިއަދު ކޮޅުފުށިން ފައްސިވީ މީހާއާއެކު އެރަށުން މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 34 އަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް