Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19: ކޮޅުފުއްޓަށް އަރާފޭބުން މަނާ ކޮށްފި

ކޮވިޑް-19: ކޮޅުފުއްޓަށް އަރާފޭބުން މަނާ ކޮށްފި

ކޮވިޑް-19 އަށް ފައްސި ކޭސްތަކެއް މ.ކޮޅުފުށިން ފެނުމުން އެރަށަށް އަރާފޭބުން މަނާ ކޮށްފިއެވެ.

ކޮޅުފުށި މޮނީޓަރިންގަށް ލާފައި މިވަނީ ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ.

އެރަށުގައި ރޭންޑަމް ސާމްޕަލް ނެގި މީހުންގެ ތެރެއިން މިއަދު ވަނީ އެކަކު ކޮވިޑަށް ފައްސިވެފައެވެ.

Advertisement
Ooredoo — Truecaller (box)

ކޮޅުފުއްޓަށް އަރާ ފޭބުން މަނާކޮށް، އެރަށުގެ ކައުންސިލަށް މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ. އަދި އެ ރަށް މޮނީޓަރިންގަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮޅުފުށިން މާލެ ދިޔަ މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން، އެ ރަށް މީގެކުރިން މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ގިނަބަޔަކު ކޮވިޑަށް ފައްސިވިއެވެ. އެރަށް މޮނީޓަރިންގ ހާލަތުން ފަހުން ނެގީ އެރަށުގައި ނެގި ރޭންޑަމް ސާމްޕަލްތައް ނައްސިވުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް