Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުވައްމުލަކުގެ މިސްކިތްތަކުގައި އިތުރު ފަސް ދުވަހަށް ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ

ފުވައްމުލަކުގެ މިސްކިތްތަކުގައި އިތުރު ފަސް ދުވަހަށް ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ

ޏ. ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އެސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މިރޭ ފަތިސް ނަމާދުން ފެށިގެން ހުކުރު ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް، ފުވައްމުލަކުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.

މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެސް ވެފައެވެ.

Advertisement
HDC — Sidebar (box)

އަދި، ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، މާތް ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ވެސް ވަނީ ނަސޭހަތްތެރި ވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް