Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮއްޔަ ޙަސަން މަނިކަކީ އުފެއްދުންތެރި، ޚިޔާލު ތަނަވަސް ބޭފުޅެއް: ރައީސް ޞާލިޙް

ކޮއްޔަ ޙަސަން މަނިކަކީ އުފެއްދުންތެރި، ޚިޔާލު ތަނަވަސް ބޭފުޅެއް: ރައީސް ޞާލިޙް

ދިވެހި ފިލްމީ ދާއިރާގައި އެތައް އަހަރަކު މަސައްކަތްކޮށް، ބެލުންތެރިންގެ މެދުގައި ހޫނު ތަރުހީބެއް ހޯދި ޙަސަން މަނިކު (ކޮއްޔަ ޙަސަން މަނިކު) އަކީ ވަރަށް އުފެއްދުންތެރި އަދި ޚިޔާލު ތަނަވަސް ބޭފުޅެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޮއްޔަ ޙަސަން މަނިކު ނިޔާވުމާ ގުޅިގެން އެކަމާ ހިތާމަފާޅު ކުރައްވަމުން، ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން އެމަނިކުފާނާ ކޮއްޔަ ޙަސަން މަނިކާ ބައްދަލުކޮށް، އެފަދަ އެތައް ވާހަކަތަކެއް ހިއްސާ ކުރެއްވި ކަމަށެވެ.

"ޙަސަން މަނިކަކީ ވަރަށް ގިނަ ބައެއްގެ ތާއީދާ ލޯބި ހޯއްދެވި ފަންނާނެއް. މިއަދު ޙަސަން މަނިކު މިވަނީ އަޅުގަނޑުމެންނާ ވަކިވެފަ." ރައީސް ޞާލިޙްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/ibusolih/status/1363116918203383808?s=20

ކޮއްޔަ ޙަސަން މަނިކު ނިޔާވީ ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ދެމުން ދަނިކޮށް، މިއަދު ހެނދުނު 10:11 ގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 67 އަހަރެވެ. ކޮއްޔަ ޙަސަން މަނިކު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލު ގައެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް