ބޮލީވުޑް

ޕީކޭގެ ދެވަނަ ބައިގައި ރަންބީރު؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ބުލޮކްބަސްޓާ ފިލްމު "ޕީކޭ"ގެ ދެވަނަ ބައި ނިކުންނަން އުޅޭ ވާހަކަތަކުގެ އަޑު ގަދަ ވެފައިވާއިރު، ދެވަނަ ބައިން ފެނިގެންދާނީ ރަންބީރު ކަޕޫރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން ޕީކޭގެ ޕްރޮޑިއުސަރު ވިދޫ ވިނޯދު ވަނީ ރަނގަޅު ވަގުތެއް ބަލައި ޕީކޭގެ ދެވަނަ ފިލްމެއްގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނީ ޕީކޭ ފިލްމު ލިޔުނު އަބީޖާތް ދޯޝީ، އަދި މިހާތަނަށް ދެވަނަ ބައި ލިޔެފައިނުވާ ކަމަށާއި މަސައްކަތް ފެށޭނީ ލިޔެ ނިންމުމުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕީކޭ ފިލްމު ނިމޭތަނުން ރަންބީރު ކަޕޫރު ފެނިގެން ދިއުމަކީ ދެވަނަ ފިލްމުގައި ރަންބީރު އުޅޭނެ ކަމުގެ އިޝާރާތެކެވެ.

2015 ވަނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި ޕީކޭ ފިލްމަކީ މިހާތަނަށް ބޮލީވުޑުން ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް ނެރުނު ޕީކޭ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އާމިރު ޚާން އާއި އަނުޝްކާ ޝަރްމާއެވެ. މި ފިލްމުގައި އާމިރު ދައްކުވައިދިން މޮޅު އެކްޓިން އަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައެވެ. މީގެ އިތުރުން ވެސް މި ފިލްމުގައި ފާއިތުވި އަހަރުތެރޭގައި އަމިއްލައަށް މަރުވި ބޮލީވުޑު ތަރި ސުޝާންތު ސިންގު ވެސް ބައިވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!