ޚަބަރު

ފަޅުރަށުން ފެނުނު ހަށިގަނޑާއި ކަނޑުމަތިން ފެނުނު މީހާ ލަންކާއަށް ފޮނުވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑާއި ވ. އަންބަރާ ބޭރުން ޑިންގީ އެއްގައި ފެނުނު މީހާ އެނބުރި ލަންކާއަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނާ ގުޅިގެން ފުލުހުން މި މަސައްކަތް ފަށާފައިވާއިރު، އަންބަރާ ބޭރުން ޑިންގީ އެއްގައި ފެނުނު މީހާއާއި ވ. ފޮއްތެޔޮ ބޮޑުފުށިން ފެނުނު މީހާއަކީ 30 ޖެނުއަރީ 2021 ވަނަ ދުވަހު ލަންކާއިން މަސްވެރިކަމަށް ނުކުމެ ބެހިގެން އެހިސާބަށް ދިޔަ ބައެއްކަން އެނގިފައިވާ ކަމަަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އޮޔާދިޔަ ޑިންގީއެއްގައި ހުރި ލަންކާ މީހަކު "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި މީހުންނަށް ފެނިގެން މި މަހުގެ 16 ވަނަ ދުވަހު 17:12 ހާއިރު ވަނީ އެމްއެންޑީއެފް އަށް އަންގާފައެވެ.

ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ޑިންގީއާއެކު އެމީހާ ވ.ފެލިދޫ އަށް ގެންގޮސް އެ ރޭ 19:25 ހާއިރު ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

16 ވަނަ ދުވަހުގެ ހެނދުނު 11:02 ހާއިރު ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެއީ ވެސް ލަންކާ މީހެކެވެ. ފުލުހުން ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދަނޑި ކަނޑަން އެރަށަށް ގޮސް އުޅުނު ބަޔަކަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!