ބޮލީވުޑް

ބޮލީވުޑަކީ ދެފުށް ދެގޮތް މީހުން އުޅޭ ތަނެއް: އިމްރާން ހާޝްމީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑަކީ ދެ ފުށް ދެ ގޮތް މީހުން ގިނަ ތަނެއް ކަމަށް ބުނެ އިމްރާން ހޭޝްމީ ބޮލީވުޑްގެ ތަރިންނާ ދުރުން އުޅޭ ސަބަބު އޭނާ ކިޔައިދީފިއެވެ.

Ads by MWSC

އިމްރާން ބުނީ މަސައްކަތުގެ މާހައުލުގައި އެއްކޮށް އުޅުނު ނަމަވެސް އެކަން ނިމުމުން އޭނާ އެމީހުންނާ ދުރުވަނީ ބޮލީވުޑުގައި އުޅޭ ފަރާތްތަކުގެ ސަބަބުން ކަމަށެވެ. އަދި ބޮލީވުޑަކީ ވަރަށް ފޭކު ތަނެއްގެ ގޮތުގައި ފާހަގަކޮށް އިމްރާން ބުނީ މޫނު މަތިން ކިތަންމެ ރަނގަޅު ކަމަށް ދެއްކި ނަމަވެސް ގިނައީ އަޑި ނުބައި މީހުން ކަމަށެވެ.

އިމްރާން އިތުރަށް ބުނީ އެކްޓަރެއް ނަމަވެސް ހުރިހާ ވަގުތެއް ޕްރޮފެޝަނަލް ހަޔާތަށް ހުސްވެގެން ނުހުރެވޭނެ ކަމަށާއި އަމިއްލަ ދިިރިއުޅުމަށް ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނައިރު ސެޓްތަކުގައި އުޅުމަށްފަހު އޭނާ ބޯ ހަމަޖައްސަނީ އެގޮތަށް ކަމުގައި އޭނާ ފާހަގަކުރިއެވެ.

އިމްރާން ހޭޝްމީ އަބަދުވެސް ފާހަގަ ކުރެވިފައި ވަނީ ބޮލީވުޑުގެ މަޝްހޫރު މީހުންގެ ޕާޓީތަކާއި ހަފްލާތަކާ ދުރު ތަރިއެއްގެ ގޮތުގައެވެ. އަދި އަބަދުވެސް އޭނާގެ އާއިލާ އިސްކުރާ މީހެއްގެ ގޮތުގައެވެ.

އިމްރާން މިހާރު ތައްޔާރުވަމުން އަންނަނީ ސަންޖޭ ގުޕްތާގެ މުމްބާއީ ސާގާ ރިލީޒްކުރުމަށެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!