Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ދިއްދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މި މީހުން ފައްސިވެފައިވާ ކަން ހާމަވެފައި ވަނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށް ފަހު ނެގި ޓެސްޓުތަކުގެ ނަތީޖާއިންނެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނު ވެގެން ތިބި 3 މީހަކު ފައްސިވުމާ ގުޅިގެން މިހާރު އެ ތިން ފަރާތް ވެސް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކަރަންޓީންގައި ތިބި މީހުންނާ ބައްދަލު ކުރަން އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީންގައި ތިބޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް