Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެކަން ސަރުކާރުން ޔަގީން ކޮށްދެއްވަން ޖެހޭނެ"  

"އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެކަން ސަރުކާރުން ޔަގީން ކޮށްދެއްވަން ޖެހޭނެ"  

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް ދެއްވަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ޕްރެސްގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ދެ ސަރުކާރުން ވި އެއްބަސްވުން އާންމު ކުރައްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އެގްރީމެންޓްގައިވާ ގޮތުގެ މަތީން 15 އަހަރު ވާންދެން އިންޑިއާ ސިފައިން ރާއްޖޭގައި ތިއްބަވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއްވެސް ބޭނުމެއްގައި ބޭރުގެ އަސްކަރީން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުއްވާ ކަމަށާއި ދެ ގައުމުގައި އޮތް ބަދަހި ގުޅުން ބަލައިގަންނަވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި ޕްރެސް ގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް އެ ތަން ތަރައްޤީ ކުރުމަށް އިންޑިއާއާއި ޗައިނާގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. ނަމަވެސް އެތަނުގެ އެކްސްކުލޫސިވިޓީ އެހެން އެއްވެސް ގައުމަކަށް ނުވަތަ ބޭރުގެ ފަރާތަކަށް ދެއްވަން ބޭނުންފުޅު ނުވާތީ ރައީސް ޔާމީން ނިންމެވީ ދިވެހި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް