Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަރުކަށި ފިކުރު ފަތުރާކަން އެނގޭނަމަ ފުލުހުންނަށް އެންގުމަށް އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާކަން އެނގޭނަމަ ފުލުހުންނަށް އެންގުމަށް އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާކަން އެނގޭނަމަ ފުލުހުންނަށް ރިޕޯޓް ކޮށްދިނުމަށް ނެޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ)ން އެދިއްޖެއެވެ.

އެސެންޓަރަށް ފަސް އަހަރު ފުރުމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށާއި، ހަރުކަށި ފިކުރު ފަތުރާނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެންސީޓީސީ ބުނީ ދިވެހިންގެ ސުލްހަވެރިކަން އޮންނާނީ ދިވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ވެގެން ކަމަށެވެ. އެހެން ނަމަވެސް މަދު ބަޔަކު ކުރަމުން އަންނަ ކަންކަމުގެ ސަބަބުން އެއްބައިވަންތަކަން ނެތިގެން އަންނަ ކަމަށާއި، އެހެން ކަމުން މިކަންކަމަށް ދިވެހިން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށް ވެސް އެސެންޓަރުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެފަދަ ކަންކަން މަދުކުރުމަށް އެންސީޓީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، މިކަމަށް އެއްބާރުލުން ދިނުމަށް އެންސީޓީސީން ވަނީ އެދިފައިވެއެވެ.

އެގޮތުން ހަރުކަށި ފިކުރުގެ ނުވަތަ އެ ފިކުރާ ގުޅުން ހުރި ކަމެއް ކުރާކަމުގެ މައުލޫމާތު ލިބޭ ނަމަވެސް އެކަން ކަމާގުޅުން ހުރި އިދާރާތަކަށް އެންގުމަށް އެންސީޓީސީން އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް