ދުނިޔެ

މިސްރުގެ މަދަރުސާތަކުގެ ފޮތްތަކުގައި ކީރިތި ޤުރުއާންގެ އާޔަތްތައް ނުހިމަނަން އަންގައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިސްރުގެ މަދަރުސާތަކުގެ ފޮތްތަކުގައި ކީރިތި ޤުރުއާންގެ އާޔަތްތައް ނުހިމަނަން އެގައުމުގެ ރައީސް އަބްދުލްފައްތާހު އަލްސީސީ އެގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވައިފިއެވެ.

Ads by Sosun Fihaara

ހާފިޒް މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލި ސީސީ ވަނީ އެގައުމުގެ ތައުލީމާ ބެހޭ ވުޒާރާގެ ބޭފުޅުންނަށް ހުރިހާ މާއްދާއެއްގެ ފޮތްތަކުން ވެސް ކީރިތި ޤުރުއާންގެ އާޔަތްތައް އުނިކުރަން އަންގައިފައެވެ. ސަަބަބަކީ ހަރުކަށި ފިކުރަށް އެގައުމުގައި ޖާގަ ނުދިނުން ކަމަށް ވެސް ސިސީ ވިދާޅުވިއެވެ.

ސީސީގެ މި އަމަލު ކުށްވެރިކޮށް ގިނަ ފަރާތްތަކުން ބުނެފައި ވަނީ މިއީ އެ ގައުމުގައި ސެކިޔުލިރަޒަމް ފަތުރަން ކުރާ ކަމެއް ކަމަށެވެ.

ސީސީގެ މި އެންގެވުމުގެ ދަށުން ތާރީޚީ ، އަލް އަޒްހަރު ޔުނިވާސިޓީއަށް ވެސް ވަނީ މުގައްރަރު މުރާޖައާ ކުރުމަށް އަންގައިފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ މީހުން ގިނަ ފިކުރީ ހަމަލާތައް އުފައްދަނީ މިހާރުގެ ފޮތްތަކުގައި ހުރި މައުލޫމާތަށް ބަލައިގެން ކަމަށް ވާތީ ކަމަށެވެ.

އަލް އަޒްހަރު ޔުނިވާސިޓީ އިން ބުނީ އެ ޔުނިވާސިޓީ އިން މުގައްރަރު މުރާޖަޢާ ކުރަމުން ދާ ކަމަށާއި މިހާރުގެ ފޮތްތަކުގައި ހުރި ދީނާ ފުށުއަރާ ވާހަކަތައް އުނިކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން، މިސްރުގެ ތައުލީމާ ބެހޭ ވުޒާރާއިން ހާމަ ކުރާ ގޮތުގައި، މިހާރުގެ ފޮތްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ހިމެނުމަށްފަހު އެއީ ރަސޫލާގެ ހަދީޘް ބަސްފުޅުތައް ކަމުގައި ލިޔެފައި ވެސް އެބަ ހުރި ކަމަށެވެ. އަދި މި ގޮތަށް ލިޔެފައި ހުރުމަކީ ދަރިވަރުންނަށް ވަރަށް ބޮޑަށް ނޭދެވޭ އަަސަރު ކުރާނެ ކަންކަން ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. އަދި ބައެއް ފަހަރަށް ޓީޗަރުންނަށް ވެސް މިކަންކަން އޮޅި ދީނާ ފުށުއަރާ ފަދަ ވާހަކަތައް ކުދިންނަށް ކިޔަވައިދެވޭ ކަމުގައި ވެސް އެ ވުޒާރާއިން ހާމަ ކުރެއެވެ.

އިސްލާޙް ކުރުމުގެ ނަމުގައި މިސްރުން މިފަދަ ވަރުގަދަ ފިޔަވަޅެއް އެޅިއިރު ކުރީން ސެކިޔަރިޒަމް ފެތުރި އިސްލާމީ ތާރީޚީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީން ވެސް ވަނީ އެފަދަ އަމަލުތަކެއް ފެނިފައެވެ. އެ ފަހަރު ތުރުކީގައި އަރަބި ބަހުން ބަންގި ގޮވުން މަނާ ކުރެވުނެވެ. ތުރުކީ ބަހުން ގޮވި ބަންގީގައި الله ތަޢާލާގެ ނަންފުޅު ވެސް ތުރުކީ ބަހަށް ބަދަލު ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!