ޚަބަރު

ގަމުން ނިޔާވި މީހާގެ ކޮވިޑް ޓެސްޓު ހަދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިރޭ ކުއްލި ގޮތަކަށް ނިޔާވި ލ. ފޮނަދޫ އަހުމަދު ނިޒާރު (39އ.) ގެ ކޮވިޑް ޓެސްޓެއް މިރޭ ހެދުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސަމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިޔާވި ނިޒާރު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮވިޑް ޓެސްޓު ހަދަން އުޅެނީ. މިރޭގެ ގަޑިއެއްގައި ނަތީޖާ ލިބޭނެ" ސަމަދް ވިދާޅުވިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޒާރު ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ ނިޔާވެފައި ކަމަށާއި ޑޮކްޓަރުން ބޮޑަށް ޝައްކު ކުރަނީ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ނިޒާރު ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:25 ގައި ކަމަށާއި ގެނައި އިރުވެސް ހަރަކާތެއް ނުކުރާ ކަމަށް ގަމު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ނަޝީދު ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ނިޔާވިކަމަށް ޑޮކްޓަރުން ނިންމެވީ އީސީޖީ އާއި އެހެނިހެން ޓެސްޓު ކުރުމަށްފަހު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ދެން އަށް އެނގިފައިވާ ގޮތުގައި ބަނޑުގައި ރިއްސާތީ އޭނާ ވަނީ ރޭ ، ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. ހޮސްޕިޓަލުން އޭނާ ދޫކޮށްލީ މިއަދު ހަވީރު އެވެ. އޭގެ ފަހުން ބަލިވެ ، މީހާ ހަަރަކާތް ހުއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ އިރާކޮޅުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!