ޚަބަރު

ޖިންނި އަވަލި ކުއްޖަކު" ރަނގަޅު ކުރުމަށް" އެކުއްޖާއަށް އަނިޔާކޮށް މަރާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސްރީލަންކާ: ޑެލްގޯޑާގައި 09 އަހަރުގެ ކުއްޖަކު ޖިންނި އަވަލުމުން އެކުއްޖާއަށް ފަރުވާ ކުރުމަށް ކަމަށް ބުނެ އެ ކުއްޖާއަށް އަނިޔާކޮށް މަރާލައިފިއެވެ.

Ads by MWSC

މި މައްސަލައިގައި އެކުއްޖާގެ މަންމަ އާއި އިތުރު 2 މީހަކު ހައްޔަރު ކޮށްފައިވާއިރު މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން އޮތީ އަންނަ ހޯމަ ދުވަހުއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ކުއްޖާ ޖިންނި އަވަލާފައިވާ ކަމަށް ގަބޫލުކޮށް ފަރުވާދޭ ބައެއްގެ ކައިރިއަށް ގެންދިޔައީ އޭނާގެ މަންމައެވެ. އަދި އެ މީހުން އެ ކުއްޖާއަށް ފަރުވާ ކުރަން ކަމަށް ބުނެ އޭނާގެ ގަޔަށް ތެޔޮ އަޅައި ދަނޑިބުރިއަކުން ތެޅިކަމަށް ވެސް ފުލުހުން ބުނެއެވެ.

އެއަށްފަހު ކުއްޖާ ހޭނެތުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކުއްޖާ މަރުވީ ވެސް ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެކުއްޖާ އަށް ފަރުވާ ދިނީ އަންހެނެއް ކަމަށާއި އޭނާއަކީ އެފަދަ ކަންކަން ކުރުމުގައި އެއަވަށުގައި މަޝްހޫރު މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ވެސް ފުލުހުން  ބުނެއެވެ.

މީގެ އިތުރުން، މި އަންހެން މީހާ ފަރުވާދިން އެހެން މީހުންގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

Ads by Allied Insurance
  1. ނަޒީފް

    ރާއްޖޭގގައިވެސް މި އުޅޭ މީހުން ވެސް މިހާރު މިހާލަތުގަ. ލާރިހޯދަން މާދީނީ ވެގެން ހުރިހާ ކަމެއް ދަންނަ ކަމަށް ވެގެން އުޅޭ ބަގަނޑެއް އެބަ އުޅޭ