ޚަބަރު

ގދ.ވާދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ.ވާދޫ ދަރު ގެއެއްގައި ލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Sosun Fihaara

މިކަން ވާދޫ ކައުންސިލުން ވަނީ "ދެން" އަށް ކަށަވަރު ކޮށްދީފައެވެ. އެގޮތުން ވާދޫ ކައުންސިލުން "ދެން" އަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވީ ދަރުގެއެއްގައި ކަމަށާއި އެ ދަރުގެއަކީ ބަދިގެއާ ދެތިން ފޫޓު ދުރުގައި ހުރި ދަރުގެއެއް ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، އަލިފާން ރޯވާން މެދުވެރިވީ، ބަދިގޭގައި މަސް ވަޅޯ ކުރުމަށް އަލިފާން ރޯކުރުމަށް ފަހުގައި ބެހެއްޓުމުގެ ސަބަބުން ކަމަށެވެ. އަދި ގެއިން ނިކުތީ އަލިފާން ގަނޑު ނިވާލުމަށް ފަހުގައި ކަމަށް އޭނާ ބުނި ނަމަވެސް ބެލެވެނީ ފަހުން ބޮނބިގަނޑެއް ކަހަލަ އަލިފާން ރޯވާ ޒާތުގެ އެއްޗެއްގައި އަލިފާން ކޮޅެއް ޖެހި އަލިފާންގަނޑު ބޮޑުވާން މެދުވެރިވީ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، މިހާރު އަލިފާންގަނޑު ނިވާލެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި އަލިފާންގަނޑު ރޯވެފައިވަނިކޮށް ފެނިފައި ވަނީ، ހުކުރަށް ދިޔަ ބަޔަކަށް ކަމަށާއި އަލިފާންގަނޑު ނިވާލެވުނީ ފުލުހުންނާއި ބައެއް އާންމުންގެ މަސައްކަތުން ކަމުގައި ވެސް ކައުންސިލުން މައުލޫމާތު ދެއެވެ. މިހާދިސާގައި ގެއަށް މާބޮޑު އަސަރެއް ކޮށްފައި ނުވި ނަމަވެސް ރޯވި ދަރުގެ ކައިރީގައި ފާޚާނާ ހުރުމުގެ ސަބަބުން ފާހާނާއަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!