ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތަކީ ޒަމާނީ ޓާޝަރީ ފެންވަރުގެ ހިދުމަތެއް: ސިނާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމު ކޮށްފައިވާ މެޑިކަލް ފެސިލިޓީން އެންމެ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ނުދޭ ކަމަށާއި ހިދުމަތުގެ ފެންވަރު ދަށް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެތަން ހިންގާ ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

އެގޮތުން ޕީއެސްއެމް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓަރު، ހަސަން ސިނާން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ދެމުން އަންނަނީ ޒަމާނީ، ޓާޝަރީ ފެންވަރުގެ ހިދުމަތް ކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތަކީ ޒަމާނީ ޓާޝަރީ ފެންވަރުގެ ހިދުމަތެއްކަން" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، ފެސިލިޓީއާ ބެހޭގޮތުން ދެކެވޭ މިފަދަ ވާހަކަތަކުގެ ސަބަބުން ބައެއް ބަލިމީހުން ފެސިލިޓީގައި އެޑްމިޓުވާން ބޭނުން ނުވާ ކަމަށާއި ބަލި މީހުންނާއެކު ފެސިލިޓީގައި މަޑުކުރަން އާއިލާތަކުން ވެސް އެދެމުން އަންނަ ކަމަށެވެ.

  1. މުހަންމަދު

    ކޮއްކޯ ޝިނާނު، އެތާގަ މަސައްކަތް ކުރާ ނަރުހުން ނޫސްތަކަށް މައުލޫމާތުދެނީ މީހުން ގިނަވެގެން ޚިދުމަތް ނުދެވޭ ވާހަކަ، ބޯނެ ފެންފުޅި އެއްވެސް ނުލިބޭދުވަސް ދާކަމަށް ވަނީ. އެތާގަ ތިބޭމީހުންވެސް ތަނުގެ ކަޑަ ވާހަކަ ދައްކަނީ، ނަމުން ޓާސަރީ….ކަމުން…….