ދުނިޔެ

އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮވިޑް-19 ގެ އާ ވޭރިއަންޓެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އަނެއްކާވެސް ފެތުރެމުންދާ ކަމަށް އެޤައުމުގެ ޕަބްލިކް ހެލްތުން ބުނެފިއެވެ.

Ads by WAMCO

ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓުގެ 16 ކޭސްއެއް މިހާރު އިނގިރޭސިވިލާތުން ފެނިފައި ވެއެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ މި އާ ވޭރިއަންޓް ނޯޓު ކޮށްފައިވަނީ، އަލަށް ތަޙުލީލު ކުރެވެމުންދާ ވޭރިއަންޓެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން މިއީ ކިހާ ވަރަކަށް ސަމާލުވާންވީ ވޭރިއަންޓެއްކަން އަދި ހާމަކުރަން ނޭނގޭ ކަމަށްވެސް ސައިންޓިސްޓުންނާ ހަވާލާދީ އެރިޕޯޓުތަކުން ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، އިނގިރޭސިވިލާތުން ފެނުނު މި އާވޭރިއަންޓް، ސައުތު އެފްރިކާ އާއި ބްރެޒިލުން ފެނުނު ވޭރިއަންޓުތަކާ އެއްގޮތް ކަމެއް ހުރެއެވެ.

މި ވޭރިއަންޓާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް އެންމެ ފުރަތަމަ މައުލޫމާތު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. އިންގްލެންޑްގައި މިވަގުތު ފެތުރެމުންދާ މިވޭރިއަންޓް އެންމެ ފުރަތަމަ އުފެދުނީ ޔޫކޭ ގައި ކަމަށް އެޤައުމުގެ ސާވެލަންސް ޓީމުން ޤަބޫލު ކުރެއެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ގެ އާ ވޭރިއަންޓަށް ފައްސިވީ 16 މީހުން މިހާރުވަނީ އެކަހެރި ކުރެވިފައެވެ. އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ވެސް މިހާރު ހޯދަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!