ޚަބަރު

ފިލިތެޔޮ އައިލެންޑް ރިސޯޓުން މިޔަރެއް ހަމަލާ ދިން ފަތުރުވެރިޔާ އިތުރު ފަރުވާއަށް މާލެއަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރެވެރިއެއް ފީނަން ފައިބައިގެން އުޅެނިކޮށް މިޔަރެއް ހަމަލާ ދީފިއެވެ.

Ads by Sosun Fihaara

މި ފަތުރުވެރިޔާއަށް މިޔަރެއް ހަމަލާ ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް ޓަކައި ފ. ފީއަލި ސިއްހީ މަރުކަޒަށް ވަނީ ގެންދެވިފައެވެ. އެހެން ނަމަވެސް ލިބިފައި ހުރި އަނިޔާގެ ސަބަބުން އިތުރު ފަރުވާއަށް މިހާރު ފަތުރުވެރިޔާ ވަނީ މާލެ ގެނެވިފައެވެ.

ފީއަލީ ސިއްހީ މަރުކަޒުން "ދެން" އަށް މައުލޫމާތު ދިން ގޮތުގައި ފަތުރުވެރިޔާއަށް މިޔަރެއް ހަމަލާ ދީގެން އެރަށު ސިއްހީ މަރުކަޒަށް ގެންދެވުނީ ގާތްގަނޑަކަށް މިއަދު 16:30 ހާއިރު އެވެ. އަދި ސިއްހީ މަރުކަޒުން ދެވެން ހުރި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ފަތުރުވެރިޔާ މާލެ ފޮނުވާލައިފައިވާ ކަމަށް ވެސް ފީއަލީ ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ، މިޔަރެއް ހަމަލާ ދީފައިވަނީ ފިރިހެން ފަތުރުވެރިއަކަށް ކަމަށާއި، އެ ފަތުރުވެރިޔާގެ ކުޑަކަޅުވައިގައި ވަރަށް ބޮޑަށް މިޔަރު ހިފައިފައިވާ ކަމަށް ވެސް ފީއަލީ ސިއްހީ މަރުކަޒުން "ދެން" އަށް މައުލޫމާތު ދިނެވެ. އަދި ކޮންމެހެން ވެސް އޮޕަރޭޝަންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމު ކަމަށް ދެކޭތީ، ފަތުރުވެރިޔާ މާލެ ގެންދިއުމަށް ހަމަޖެއްސީ ކަމުގައި ވެސް ފީއަލީ ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.

މިޔަރު ހަމަލާ ދީފައި ވަނީ ފަތުރުވެރިޔާގެ ފަޔަށް އެކަނި ކަމަށާއި އަދި ފަތުރުވެރިޔާގެ ހާލު ސީރިއަސް ނޫން ކަމަށް ފީއަލީ ސިއްހީ މަރުކަޒުން "ދެން" އަށް ވަނީ މައުލޫމާތު ދީފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!