Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަހުލާގެ ރީތިކަމާ ހެދި އެއްޗެކޭ ބުނަން ރައީސް ނަޝީދު ލަދުގަނޭ: މުސްތަފާ

ނަހުލާގެ ރީތިކަމާ ހެދި އެއްޗެކޭ ބުނަން ރައީސް ނަޝީދު ލަދުގަނޭ: މުސްތަފާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ ރީތިކަމާހުރެ، އެކަމަނާއަށް ނިސްބަތްކޮށް އެއްޗެކޭ ވިދާޅުވާން، ރައީސް މުޙައްމަދު ނަޝީދު ބިރުފުޅު ގަންނަ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިހެން ވިދާޅުވެފައި ވަނީ، ޓެރެރިސްޓަކަށް ފައިނޭންސް ކުރި ކަމަށް ނަހުލާގެ މައްޗަށް ތުހުމަތުކުރި ޚަބަރު ޓްވީޓް ކުރެއްވުމަށްފަހުއެވެ.

މިނިސްޓަރު ނަހުލާގެ ރީތިކަމާހުރެ އެކަމަނާއަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ވިދާޅުވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނީ ބިރުން ކަމަށާއި، ނަމަވެސް އެކަމަނާއަށް ވުރެ މާ ރީތި، އަބުރުވެރި ކުދިންވެސް ރާއްޖޭގައި އެބަތިބި ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ އެފަދަ އެކުދިންނަށް މިިނިސްޓަރކަން ދޭން މާ ރަނގަޅު ކަމަށެވެ.

Advertisement
HDC — Sidebar (box)

ޓެރެރިސްޓަކަށް ފައިނޭންސް ކުރި ކަމަށް ނަހުލާގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކޮށްފައެވެ. މިފަދަ ތުހުމަތުތަކެއް ކޮށްފައި މިވަނީ، ޓްރާންސްޕޯޓް މިނިސްޓަރީގައި މައްސަލަތަކެއް އުޅޭކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް