ޚަބަރު

އަދާލަތަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން، ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއް ވެސް ނޫން: ޢަލީ ޒާހިރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަދާލަތު ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި، އަދި ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ވެސް ޕާޓީއެއް ނޫން ކަމަށް ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ކުރިއަށްދިޔަ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި، ޢަލީ ޒާހިރު ވިދާޅުވީ ސިޔާސީ އެކި ދުވަސްވަރު އެކި ފަރާތްތައް އަދާލަތު ޕާޓީއަށް އައިސް ގޮސްފައިވާ ކަމަށެވެ.

ސިޔާސީ ގިނަ ޕާޓީތަކެއް ވެސް ވުޖޫދުވެ ގެއްލި ގޮސްފައިވާ ކަމާއި، ނަމަވެސް އަދާލަތު ޕާޓީ އަދިވެސް ސިޔާސީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށް ޢަލީ ޒާހިރު ވިދާޅުވީ، އެ ޕާޓީއަކީ މީހެއްގެ މުދަލެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެޕާޓީ ކުރިއަށް ދާނީ، ޕާޓީގެ ސިޔާސަތުތަކާއެކުގައި ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށް، އެ ގުޅުން އެގޮތުގައި އޮންނާނެކަމަށް ވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި ދީނާއި، ޤައުމުގެ ދިފާއުގައި އަބަދުވެސް މަސައްކަތްކުރާނެ ޕާޓީއަކަށް އަދާލަތު ވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!