ޚަބަރު

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ވީނިއުސް

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 18 ވާ ބުރާސްފަތި ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިނާމަށް އެދި ފޯމު ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުން ފެށިގެން މޭމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައި ލައްވާނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީ ވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމު ދެއްވާނީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

Ads by Allied Insurance
  1. ކޮމެންޓު

    އިބޫގެ ނަން ފޮނުވާނަން
    ނިކަމެތިންގެ ފުލެޓު ފޭރިގަނެ ގައުމު ވިއްކާލާ ނުވިތާކައް ދޮގުހަދާ ތީވެ ހަމަ އެވޯޑެއް ހައްގު