ޝެއިޚް ޒައިދް މަޖިލިސް މެންބަރުންނަށް: ﷲ ގެ ޙަޟްރަތުގައި ސުވާލުވެވޭއިރު ދިފާޢު ކުރަން ވަކި މީހަކު ނާންނާނެ
ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދް މަޖިލިސް މެންބަރުންނަށް ނަސޭޙަތެއް ދެއްވައިފިއެވެ.
ްެއެގޮތުން ޝެއިޚް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަކި މީހަކު ބުނެގެންް ވިސްނާނުލާ އިސްލާމްދީނަށާއި ޤައުމަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އެއްވެސް ކަމެއް ނުނިންމެވުމަށެވެ.
"މާދަމާ ﷲ ގެ ޙަޟްރަތުގައި ސުވާލު ވެވޭއިރު ތިޔަބޭފުޅުން ގޯހެއް ހައްދަވައިފިނަމަ ދިފާޢުކުރަން ވަކި މީހަކު ނާންނާނެ" ޝެއިޚް އަލީ ޒައިދް ވިދާޅުވެފައިވެއެވެ.
ޝެއިޙް ޒައިދް މިފަދައިން ވިދާޅުވީ ސީދާ ކޮންކަމަކަށް ނިސްބަތްކޮށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ އިސްލާމްކަމަށް ބުރޫ އަރާފާނެ ކޮންމެ ޤާނޫނަކަށް، އިސްލާޙަކަށް އޭނާ ދެކޮޅު ހައްދަވާނެ ކަމަށާއި މިއަދު ހުޅަނގުން ގޮވާލާ "ޙައްޤުތައް" ވިއްކަން އިސްލާމީ ބާޒާރަށް ނިކުމެ އުޅޭ މީހުންނާއި އެމީހުންގެ އެޢަމަލުތަކާއިމެދު ފާރަވެރިވުން ހުރި ކަމުގައެވެ.
Dhivehi Raajje ge Islam kamah buroo ataifaane konme Qaanoonakah, Islaahakah alhugandu faalhugai dhekhu hadhan! Miadhu hulhangun govaalaa 'haggu thah' vikkan Islamee baazaarah nukume ulhey meehunnaa emeehun ge amalathakaa medhu faaraveri vun huri!
— Ali Zaid (@alizaid1000) July 18, 2020