ދުނިޔެ

ހައިރާންކުރުވަނިވި ފޮޓޯތަކެއް: އެތައް ސަތޭކަ ޅަ ކިނބުލުގެ ލަޝްކަރެއް

ދެން އެމްވީ ، ދެން އޮންލައިން

އެތައް ސަތޭކަ ޅަ ކިނބޫތަކެއް ކޯރެއްގެ އައްސޭރީގައި ތިއްބާ ނަގައިފައިވާ އާދަޔާޚިލާފު ފޮޓޯއެއް އާންމު ވެއްޖެއެވެ. އިންޑިއާގެ ރަޖަސްތާންގައި އޮންނަ ޗާބަލް ކޯރުގެ އައްސޭރީގައި ނަގާފައިވާ މި ފޮޓޯ އެތައް ބަޔަކު ވަނީ ހައިރާން ކޮށްލައިފައެވެ.

Ads by WAMCO

މި ފޮޓޯގައި ފެންނަނީ ގައިރަލް ނަމަކަށް ކިޔާ ބާވަތެއްގެ ކިނބޫތަކެކެވެ. މި ކިނބޫތަކަށް 20 ދުވަސް ވެފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. މި ފޮޓޯ ނަގާފައިވަނީ އިންޑިއާގެ މަޝްހޫރު ވައިލްޑްލައިފް ފޮޓޯ ގްރާފަރެއް ކަމުގައިވާ ޝިވަންގް މެހްތާއެވެ.

މި ބާވަތުގެ ކިނބުލުގެ ބިސްތަކަކީ ގިނަ ފަހަރަށް ކޮންމެވެސް ޖަނަވާރެއްގެ ޝިކާރައަކަށްވެ ހަލާކުވެދާ ބިސްތަކެކެވެ. ނަމަވެސް މި އަހަރު އިންޑިއާގެ މި ހިސާބުގަނޑުގެ މީހުން ވަނީ މި ބިސްތަކަށް ހާއްސަ ސަމާލުކަމެއް ދީފައެވެ. އެގޮތުން އެ ބިސްތަކަށް ފާރައަށް މީހުން ބަހައްޓާ އަދި ރައްކާތެރި ކުރުމަށް ފެންސުވެސް ޖަހާފައިވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

މި ބާވަތުގެ އަންހެން ކިނބޫ ބިސްއަޅާ ކޮންމެ ފަހަރަކު ދިހައަކާއި ފަސްދޮޅަހާއި ދެމެދުގެ އަދަދަކަށް ބިސް އަޅާ ކަމަށް ވެއެވެ. އަދި އެއަށްފަހު ކިނބޫތައް އުފަންވުމަށް ހަތްދިހަ ދުވަހުގެ މުއްދަތެއް ނަގާ ކަމަށް ވެސް ވެއެވެ.

އަދި ހަމަ އެހެންމެ މިބާވަތުގެ ކިނބުލުގައި އުފަންވާއިރުވެސް 15.4 އިންޗި ހުންނަ ކަމަށާއި މި ކިނބޫތައް 4 އަހަރުވަންދެން ސައިޒުން ބޮޑުވާނެ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.

ކޮންމެއަކަސް މި ފޮޓޯތައް ވެފައިވަނީ ގިނަބަޔަކު ހައިރާންކޮށްލި ފޮޓޯތަކަކަށެވެ. އެހާ ޅަ ކިނބޫތަކެއްގެ ފޮޓޯތަކެއް ފެނުމުން އެތައްބަޔަކު ވަނީ އާޝޯހު ވެފައެވެ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!