ޚަބަރު

ސްޓޫޑެންޓް ލޯނު ދޫކުރާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި: މިނިސްޓަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލޯނު ދޫކުރާނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެދި ހުޅުވާލި 770 ލޯނުގެ ފުރުސަތަށް 1176 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ހައްގުވާ ފަރާތްތަކަށް ލޯނު ދިނުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަން ކުރާނީ އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ.

މިފަހަރުގެ ސުޓޫޑަންޓް ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ޖާގަ ހަމަޖައްސާފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން، ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށް ވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ސްޓޫޑަންޓް ލޯނު ސްކީމުން މި ފަހަރު ލިބޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ލޯނު ފުރުސަތުގެ ތަކުގެ ތެރޭގައި ޕައިލެޓްކަމާއި، އެމްބީބީއެސް ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!