މަޖިލީހުގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ
 
                                                    ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މަޖިލީހުން ބުނީ، އިތުރު މުވައްޒަފެއް ފައްސިވެފައިވާ ކަމަށް އެނގުނީ މިއަދު ހެނދުނު ކަމަށެވެ. އެހެންކަމުން އެ ކޭހާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މަޖިލީހުގެ އިދާރާވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މަޖިލީހުގެ ދެ މުވައްޒަފަކު މީގެކުރިން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއީ އެ އިދާރާއިން ފައްސިވި ތިން ވަނަ މުވައްޒަފެވެ.
 
 

 
		
 
		
 
		
 
		
