Thursday, 12 November 2026
Advertisement
HDC — Share-Below (leaderboard)
ދިވެހި ސިނަމާ

އަންނަ މަހު "ނަފްސު" ބަލަން ތައްޔާރުތަ؟

އަންނަ މަހު "ނަފްސު" ބަލަން ތައްޔާރުތަ؟

"ނަފްސު" ނަމަކަށް ކިޔާ މުޅިން އައު ދިވެހި ސީރީޒެއް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ.

މިޑްރާމާ ސީރީޒަކީ ރާއްޖޭގެ ނަން މަޝްހޫރު ޑާކްރެއިން އެންޓަޓެއިންމަންޓުގެ ގިނަ އުފެއްދުންތަކަކުން ފެންނަ ކުޅަދާނަ އެކްޓަރު އަލީ ޝަޒްލީމް ގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ސީރީޒް އުފައްދާފައި ވަނީ "އައިލެންޑް ޕިކްޗާސް" އިންނެވެ. މިއީ އެ ޕްރޮޑަކްޝަން ހައުސް ގެ ފުރަތަމަ އުފެއްދުމެވެ.

"ދެން" އަށް މައުލޫމާތު ދެމުން ޝަޒްލީމް ބުނީ ބުނީ މީޑިއާނެޓުން ދެއްކުމަށް ހަމަޖެހިފައިވާ މިޑްރާމާ ސީރީޒް، އަންނަ މަހު ދައްކަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޑްރާމާ ސީރީޒަކީ މީޑިއާނެޓްގެ އޮރިޖިނަލެއް ކަމަށް ވެސް ޝަޒްލީމް ބުންޏެވެ.

Advertisement
HDC — Sidebar (box)

ދިހަ އެޕިސޯޑަކަށް ބަހާލާފައިވާ "ނަފްސު" ގައި ލީޑް ރޯލުން ފެނިގެން ދާނީ މިހާރު ދިވެހި ސިނަމާގައި އަރަމުން އަންނަ ތަރި މަރިޔަމް ޝިފާ އާއި ގިނަ ފިލްމުތަކަކުން ފެނިފައިވާ ކުޅަދާނަ އެކްޓަރު އަޙުމަދު ސައީދެވެ.

އޭގެ އިތުރުން ދިވެހި ސިނަމާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މަރިޔަމް ޝަކީލާ (ޝަކިއްތަ) އާއި އަލީ ޝަޒްލީމް ވެސް މި ސީރީޒްގެ މުހިންމު ރޯލަކުން ފެންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"މިއީ ސަސްޕެންސް ތްރިލާއެއް. އަދި މިހަދަނީ އެއް ސީޒަން. ބެލުންތެރިންގެ ތަރުހީބު އަންނަ ގޮތަކަށް ބަލާފައި ދެވަނަ ސީޒަނަކާ ހަމައަށް ދާނީ" ޝަޒްލީމް ބުންޏެވެ.

"ނަފްސު" ގެ ޝޫޓިންގ މިހާރުވެސް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް މި ސީރީޒްގެ ޓީޒާއެއް މީޑިއާނެޓުން ރިލީޒް ކުރާނެ ކަމަށް ވެސް ޝަޒްލީމް ބުންޏެވެ.

ގިނަ ފިލްމުތަކެއްގައި އެކްޓުކޮށް، މިހާރު ސީރީޒެއް ޑައިރެކްޓު ކުރުމުގެ އިތުރުން ޝަޒްލީމް އަކީ ފިލްމު "ދެވަންސޫރަ" ގެ ވެސް ޕްރޮޑިއުސަރެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.