ފައްޔާޒު ވިދާޅުވީ މި ބަދަލުތަކާ އެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ޓޫރިޒަމަށް ކުރާ އިންވެސްޓެމްންޓުތައް އިތުރުވެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށެވެ.
އުތުރާއި ދެކުނުގައި ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލި ކުޑަކުރަނީ
ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޒާރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ އަތޮޅުތަކުގައި ޓޫރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައްޑޫއާއި ފުވައްމުލަކުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ދެ ޑޮލަރެވެ. އަދި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައި ވަނީ 800،000 ޑޮލަރެވެ.
ހދ. އަދި ހއ. އަތޮޅުގައި ކުލީގެ ގޮތުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ހަތަރު ޑޮލަރު ކަމަށާއިއެންމެ ގިނަވެގެން ނަގާނީ އެއް މިލިއަން ޑޮލަރުގެ ކުލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ށ، ގއ، ގދ، ތ، އަދި ލ. އަތޮޅުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ހަ ޑޮލަރު ކަމަށާއި އެންމެ ގިނަވެގެން ނަގަން ހަމަޖެހިފައި ވަނީ 1.5 މިލިއަން ޑޮލަރު ކަމަށެވެ.
To boost local tourism land rent to be charged on built-up area in inhabited islands as follows.
S, Gn - USD 1 / SQM (cap 400k USD)
HA, HDh - USD 2 / SQM (cap 500k USD)
Sh, GA, GDh, Th, L - USD 3 / SQM (cap 800k USD)
Other atolls - USD 4/ SQM (cap 1m USD)— Fayyaz Ismail (@faya_i) July 20, 2020