Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެތައް ބަޔަކަށް އޮޅުވާލި އައްމަޓީގެ ބަންދަށް 10 ދުވަސް ޖަަހައިފި

އެތައް ބަޔަކަށް އޮޅުވާލި އައްމަޓީގެ ބަންދަށް 10 ދުވަސް ޖަަހައިފި

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށްވުރެ ގިނަ މީހުން އަތުން ފައިސާ ނަގައި އޮޅުވާލި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްމަޓީގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އައްމަޓީގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތަށް އެ އޮފީހުގެ ފަރާތުން ވެސް މިއަދު ކޯޓަށް ދިޔައެވެ. އަދި މައްސަލަ ނިމެންދެން އައްމަޓީ ބަންދު ކޮށްދިނުމަށް ޕީޖީގެ ފަރާތުން ޝަރީއަތުގައި އެދުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Advertisement
Allied Insurance — Square (box)

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލު ކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގިއެވެ. ނަމަވެސް އެޕާޓްމަންޓުތައް ނުލިބި ލަސްވުމުން އައްމަޓީ ހައްޔަރު ކުރުމަށް ބަޔަކު ވަނީ ގޮވާލައިފައެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. ލަންކާއިން އޭނާ އަނބުރާ ރާއްޖެ ގެނައީ މިއަދު ހެނދުނުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް