ޚަބަރު

ފައިޒާ ވެކްސިން ވެސް ރާއްޖެ ގެނެސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ޖަރުމަނުވިލާތުގެ ބަޔޮއެންޓެކް އާއި އެމެރިކާއިން ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ވެސް ރާއްޖެ ގެެނެސްފިއެވެ.

Ads by Sosun Fihaara

އެގޮތުން މިއަދު ރާއްޖެ ގެނެސްފައި ވަނީ އެ ވެކްސިންގެ 5850 ޑޯޒެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިސްވެ އުފައްދާފައިވާ ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީ އިން ރާއްޖެ އަށް ލިބުނު ވެކްސިނެކެވެ.

ކޮވެކްސް އަކީ ދުނިޔޭގެ ފަޤީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި މިދިޔަ އަހަރު އުފެއްދި އިނީޝިއޭޓިވެކެވެ.

މި އިނީޝިއޭޓިވްގެ ދަށުން މީގެ ކުރިން ރާއްޖެއަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ 12000 ޑޯޒް ގެެނެސްފައެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިމަހު ހުއްދަ ދީފައިވާ ފައިޒާ ވެކްސިން މިއަދު ރާއްޖެ ގެނެސްފައިވާއިރު، ޗައިނާއިން އުފައްދާފައިވާ ސިނޮފާމް ވެކްސިނަށް ވެސް ވަނީ ހުއްދަދީ، އެ ވެކްސިން ބޭނުން ކުރަން ވެސް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!