ކުޑައިރު ނަފްސާނީ އަނިޔާ ލިބިފައިވާ ކުދިންގެ ފަރާތުން މި ސިފަތައް ފެންނާނެ
ދުނިޔޭގައި އެތައް މިލިއަން ކުޑަކުދިން އުޅޭއިރު އޭގެތެރެއިން 50 އިންސައްތަ ކުދިންނަކީ ނަފްސާނީ ގޮތުން އެކިކަހަލަ އަނިޔާ ތަހައްމަލުކުރަން ޖެހިފައިވާ ކުދިންނެވެ. މިފަދައިން އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ ކުދިންނަކީ އެހެން ކުދިންނާ ވަރަށް ތަފާތު ކުދިންނެވެ. އެހެންކަމުން ކުޑައިރު ނަފްސާނީ އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ ކުދިންގެ ފަރާތުން ފެންނާނެ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ.
ފަސޭހައިން ރުޅިއައުން
ކުޑައިރު ނަފްސާނީ އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ ކުއްޖެއްނަމަ ވަރަށް ފަސޭހައިން ރުޅި އަންނާނެއެވެ. އަދި އެފަދަ ކުދިންނަށް ރުޅި ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެއެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުން
ކުޑައިރު ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކުއްޖެއްނަމަ އަމިއްލަ ނަފްސައް ގެއްލުން ދިނުން އެކަށީގެން ވެއެވެ. އެގޮތުން އަމިއްލައަށް އަތުގައި ކަޓަރު އެޅުމާއި މިނޫންވެސް އަމިއްލަ ނަފްސަށް ގެއްްލުން ލިބޭ ކަންކަން ހިމެއެވެ.
މަސައްކަތަށް ފަރުވާ ކުޑަކުރުން
މަސައްކަތަށް ފަރުވާކުޑަ ވުމަކީވެސް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކުދިންގެ ފަރާތުން ފެންނާނެ ކަމެކެވެ. އެގޮތުން މަސައްކަތް ކުރަން ފޫހިވުމާއި މަސައްކަތް ކުރަން ބޭނުން ނުވުން ހިމެއެވެ.
ފޫހިވުން
ކުއްލިއަކަށް ހުރެފަ މޫޑަށް ބަދަލު އައުމަކީވެސް ކުޑައިރު ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކުދިންގެ ފަރާތުން ފެނިދާނެ ކަމެކެވެ. އެއީ ކުޑަ އިރު އެގޮތަށް ދިމާވެފައި ހުރީމަ އެކަމާ ކުރިމަތިލާން ޖެހުނު ގޮތަކުން މޫޑަށް އެގޮތަށް ބަދަލުތައް އަންނަން މެދުވެރިވާތީއެވެ.