ރިޕޯޓް

މަގުމަތީގައި ހިނގާފައި ތިޔަ ދަނީ ފޯނާ ކުޅެމުން، ތީތި ސަޅިއެއް ނޫން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ދައްކަން އުޅޭ ވާހަކައިގައި ޝާމިލް ވަނީ އެންމެ މީހެއް ދެމީހެއް ނޫނެވެ. އަޅުގަނޑާއި ތިބާއާއެކު މުޖުތަމައުގެ ބޮޑު އިންސައްތައެކެވެ. އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ސްމާރޓް ފޯނުތަކަކީ ހަަމަ ގައިމުވެސް މިއަދު ދިރިހުރުމަށް ޒަަރޫރީ އެއްޗަކަށް ވެއްޖެއެވެ. ފޯނާ ނުލައި ދިރިއުޅުން މިއަދު ވެގެން ދާނީ ބޮޑު ތަކުލީފަކަށެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ސްމާރޓް ފޯނުތަކުގެ ސަބަބުން ދިރިއުޅުން މިވަނީ އިހުނަށްވުރެ މާ ބޮޑަށް ފަސޭހަ ވެފައެވެ.

Ads by STELCO

މަގުމަތީގެ އަދަބުތަކަކީ ސާނަވީ ގްރޭޑްތަކުގައި ވެސް އަޅުގަނޑުމެން ކިޔަވާފައިވާ އެއްޗިއްސެވެ. އެންމެ ކުޑައިރުއްްސުރެ ވެސް މައިންބަފައިން ދޭ ނަސޭހަތަކީ މަގުމަތީގައި ބަސް އަހައިގެން އުޅުމަށް ދޭ ނަސޭހަތެވެ. މަގުމަތީގައި ހިނގާފައި އުޅުނަސް އަދި ސައިކަލުގައި އުޅުނަަސް ތިމާ ނޫން އެހެން މީހުން ވެސް މަގުމަތީގައި އެބަ އުޅޭކަން ދަނެގެން އުޅުމަށެވެ. މަގުމަތީގައި އުޅޭ އެހެން މީހުންނަށް ވެސް އިހްތިރާމް ކުރުމަށެވެ.

ކަންކަން މިހެން އޮތް އިރު އަޅުގަނޑުމެންނަށް މިއަދު ވަރަށް ގިނައިން ފެންނަ އެއް މަންޒަރަކީ މަގުމަތީގައި ފޯނާ ކުޅެމުން ހިނގާފައި ދާ މަންޒަރެކެވެ. ހިނގާފައި ދާއިރު ވެސް އެމީހެއްގެ ސަމާލުކަން ގެއްލިފައި ވާނީ ފޯނަށެވެ. ކުރިމަތިން އަންނަ މީހެއްގެ ގައިގައި ޖެހުނަސް ނުވަތަ ދުއްވާ އެއްޗެެއްގައި ޖެހުނަސް ރޭކާނުލާ ހިސާބުގައެވެ.  އެވަގުތު މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅުނަސް ކަހާ ތަން ހިރުވައިލައިހެން ވެސް ހީނުވާ ދަރަޖައިގައެވެ.

މި ވާހަކަ އަޅުގަނޑު މިގޮތަށް ދެއްކުމުން ކުޑަކުޑަ ކަމެއް ނޫސްވެރިޔާ މާ ބޮޑު ކޮށްލީ ކަމުގައި ބުނާ މީހުން ވެސް އުޅޭނެއެވެ. އެހެން ނަމަވެސް މިއީ ހަގީގަތުގައި ވަރަށް ބޮޑު މައްސަލައެކެވެ. ގައުމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ ވަރު މައްސަލައެކެވެ. މަގުމަތީގައި ހިނގާފައި ދާ ވަގުތު ފޯނު ޖީބަށް ލައިގެން ދިޔަޔަސް ނުވަތަ ފޯނު ދަބަހަށް ލައިގެން ދިޔަޔަސް އޭނާއަށް ފޯނާ ކުޅެން ލިބޭ ވަގުތު މަދެއްް ނުވާނެ ކަންނޭނގެއެވެ.

މަގުމަތީގައި އުޅޭއިރު ގިނަ ފަހަރަށް ފޯނާ ކުޅެމުން ދާ ތަން ފެންނަނީ ހިނގައިފައިދާ މީހުންނެވެ. ނަމަވެސް އެކަމަކީ ގާނޫނުގައި މަނާ ކަމެއް ނޫނެވެ. ހަމަ ޔަގީނުން ވެސް ދުއްވާ އެއްޗެއް ދުއްވަމުން ފޯނާ ކުޅުމަކީ މުޅިން މަނާ ކަމެކެވެ. އެހެން ނަމަވެސް ސައިކަލުގައި ދަމުން ވެސް ފޯނަށް ފިތަމުން ދާ މީހުން ފެންނަނީ މަދަކުން ނޫނެވެ. އެގޮތަށް ފޯނާ ކުޅެމުން ދަނިކޮށް އެކްސިޑެންޓެއްވެ ލިބޭ ގެއްލުމަށް ޒިންމާ ވާނީ ފަހެ ކާކު ހެއްޔެވެ.

މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ކޮށްލާ ކުޑަކުޑަ ކަމަކުން ބަދަލު ކޮށްލެވޭނެ އާދަތަކެވެ. ފަރުދީ ޒިންމާ އަދާކޮށް މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްގެން އުޅޭ ޖީލެއް ބިނާ ކުރުމުގައި އަޅުގަނޑުމެންގެ ޒިންމާ ބޮޑެވެ.

Ads by HDC
  1. ޛޖސޖސޖ

    ތީތި ސަޅިއެއްނޫން، މީހާެއިގޭގޮތައް ފޮޓޯލާން ކަޑަ