ޚަބަރު

ކޮވިޑް-19: ހުރައިން ފައްސިވީ ޖުމްލަ އަދަދު 90އަށް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. ހުރައިން 24 މީހަކު ކޮވިޑް-19އަށް ފައްސިވެ، ޖުމްލަ އަދަދު 90އަށް އަރައިފިއެވެ.

Ads by Sosun Fihaara

ހުރާ ސިއްޙީ މަރުކަޒުން އާންމު ކޮށްފައިވާ އެންމެ ފަހުގެ އަޕްޑޭޓުން ދައްކާގޮތުގައި އެރަށުން 24 މީހަކު މިއަދު ފައްސި ވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.

ހުރައިން ކޮވިޑަށް ޓެސްޓު ކުރުމަށް މިހާތަނަށް 449 ސާމްޕަލް ނަގައިފައިވެއެވެ. އޭގެ ތެރެއިން 289 މީހެއްގެ ނަތީޖާ ނައްސިއެވެ. އަދި 70 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް ސިއްޙީ މަރުކަޒުން ހާމަ ކޮށްފައި ވެއެވެ.

އެ ރަށުން ފައްސިވީ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 304 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށާއި 145 ރޭންޑަމް ސާމްޕަލް ވެސް ނަގައިފައިވާ ކަމަށް ހުރާ ސިއްޙީ މަރުކަޒުން ހާމަ ކޮށްފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ސާވަލަންސް ޑޭޓާއިން ދައްކާގޮތުގައި ރާއްޖޭގައި މިހާރު 23،524 މީހުން ކޮވިޑް-19އަށް ފައްސި ވެފައިވެއެވެ. އަދި 20،723 މީހުން މި ބަލިން ފަސޭހަ ވެފައިވެއެވެ.

ރާއްޖޭގައި މިބަލި ޖެހިގެން މިހާރު ނިޔާވެފައި ވަނީ 67 މީހުންނެވެ.

މާލެ ސަރަޙައްދަށް ވުރެ އަތޮޅުތެރޭގައި މި ބަލި ފެތުރޭ މިންވަރު އިތުރު ވަމުންދާކަން އެޗްޕީއޭއިން ފާހަގަ ކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!