Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލޭ ރައްޔިތުން ބޮޑު ކުއްޔެއް ނުނަގައި، ދިރިއުޅެނީ ވަރަށް ހާލުގައި: އަނަސް

މާލޭ ރައްޔިތުން ބޮޑު ކުއްޔެއް ނުނަގައި، ދިރިއުޅެނީ ވަރަށް ހާލުގައި: އަނަސް

މާލޭގެ ރައްޔިތުންނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ބޮޑު ކުލި ނަގައިގެން އުޅޭ ބައެއް ކަމަށް ބުނެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

"ދިވެހި އޮންލައިން" އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރައްޔިތުންގެ ގާތަށް ގޮސް، ދޮރުންދޮރަށް ހިނގައިގެން ރައްޔިތުންގެ ހާލަތު ދެނެގަނެފައިވާ ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ޕާޓީއެއް ކަމަށެވެ.

"މާލޭގެ ގޯތިތަކަކީ ފޮތިފޮތިކޮށް، ބައިބައިކޮށް، މިހާރު ނޫޅެވޭ ހާލަތަށް ކުދި ވެފައި ހުރި ގޯތިތަކެއް. އަޅުގަނޑުމެންނަށް މީގެ ކުރިން މި ވާ ގޮތަކީ މާލެ ރައްޔިތެކޭ ބުނެވިއްޖެއްޔާ އެމީހާގެ މައްޗަށް އެބަ އަރައިގަނޭ، ބޮޑު ކުއްޔަށް ދީގެން މަންފާ ނަގަމުން އަންނަ ފަރާތްތަކަކީ ތިބޭފުޅުންނަކީ އެހެންވީމަ ތިވާހަކަ ނުދެއްކޭނޭ. އެހެން ނަމަވެސް މިހާރު ނެތް އެހެން ބުނެވޭކަށް،" މާލޭގެ ރައްޔިތުން އުޅެމުން އަންނަ ނިކަމެތި ހާލަތު ކިޔައި ދެއްވަމުން އަނަސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ކުރީ ސަރުކާރުން ތަރައްގީ ކުރި "ހިޔާ" ފްލެޓުތައް ވެސް ބަހާފައި ހުރީ ސިޔާސީ މަގުސަދަކަށްޓަކައި ހަދާފައި ހުރި އުސޫލެއްގެ ދަށުން ކަމަށާއި އެ ފްލެޓުތައް ވެސް ލިބިފައިހުރީ އަތޮޅު ތެރޭގެ ރައްޔިތުންނަށް ކަމަށް އަނަސް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިހާރު އެއްވެސް ބޭފުޅަކަށް މާލޭ ރައްޔިތަކަށް ވީތީއޭ ކިޔާފަ، ބޮޑު ކުލި ނަގައިގެން ތިބޭ ބައެކޭ، އެ އާމްދަނީގެ މައްޗަށް ތިބި ބައެކޭ އެހެން ދެންނެވޭނެ އެއްވެސް ފުރުސަތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން ތިއްބެވި ހާލަތު ބަލައިލީމަ އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއްކަން އަޅުގަނޑަށް ގަބޫލު ކުރެވޭ،" އަނަސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް