ޚަބަރު

ވާހަކަ މުބާރާތަށް ފޮނުވި ވާހަކަތައް އަލުން މެއިލްކޮށްދިނުމަށް "ދެން" އިން އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި އަހަރު ރަމަޟާން މަހާ ދިމާކޮށް "ދެން" އިން ކުރިޔަށް ގެންދާ ވާހަކަ މުބާރާތަށް ހުށަހަޅާފައިވާ ވާހަކަތައް އަލުން މެއިލް ކޮށްދިނުމަށް އެފަރާތުން އެދިއްޖެއެވެ.

Ads by Hajj Corporation

މެއިލް: [email protected]

"ދެން" އިން މިއަދު ބުނެފައި ވަނީ ކުރިން ގެނެވުނު ޚަބަރުގައި މެއިލް ނުބައިކޮށް ޖެހިފައިވުމުގެ ސަބަބުން ބައެއް ވާހަކަތައް ނުލިބޭ ކަމަށާއި ވާހަކަ ފޮނުވުމަށް ފަހު ޕޭސްބުކް ޕޭޖް މެދުވެރިކޮށް ނުވަތަ "ދެން" ގެ އިތުރު މީސްމީޑިއާ މަންސައަކަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.

" ކުރިން ގެނެސްދިން ޚަބަރުގައި އަޅުގަނޑުމެންގެ ކުރީގެ މެއިލް ޖެހިފައި އޮތީ. މިހާރުގެ މެއިލް އެޑްރެހަކީ [email protected] ، މި މެއިލް އެޑްރެހަށް ވާހަކަތައް ފޮނުވާލަދިނުން އެދެން. ވަރަށް ބޮޑަށް މަޢާފަށް އެދެން ބޭނުން މިދަނޑިވަޅުގައި " ދެން ގެ ސީއީއޯގެ މުހައްމަދު އަރީޙް ވިދާޅުވިއެވެ.

އަރީޙް ވިދާޅުވީ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި 2 ވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެންމެ ގިނައިން ކިޔާ އަދި ފޭސްބުކްގެ ޕޯސްޓަށް އެންމެ ރިއެކްޝަން ގިނަ ވާހަކައަކަށް ވެސް 1000 ރުފިޔާ ދޭނެ ކަމަށް އަރީޙް ފާހަގަ ކުރެއްވިއެވެ.

"ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ވާހަކަތައް ގެނެސްދޭނީ ، އެވަގުތުން ފެށިގެން 72 ގަޑިއިރު ތެރޭގައި ވާހަކަ ކިޔާފައިވާ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ބަލާނީ ، 72 ގަޑިއިރު ހަމަވާ ވަގުތު ވާހަކަ ކީ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ރެކޯޑް ކުރާނަން ، އަދި ބައިވެރިޔާއަށް އަންގަމުން ވެސް ދާނަން" އަރީޙް ހާމަ ކުރެއްވިއެވެ.

"ދެން" އިން މި މުބާރާތަށް ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުގައި މި މުބާރާތަށް ހުށަހަޅަން ޖެހޭނީ 1000 ބަހާއި 1300 ބަހުގެ ވާހަކަތަކެވެ. މި ވާހަކަތަކަކީ ކުރިން އެއްވެސް ވަސީލަތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ލިޔުންތެރިޔާގެ އަމިއްލަ ވާހަކައަކަށް ވުމާއި ކުރީން އެއްވެސް މުބާރާތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ދީނީ ގޮތުންނާއި ރާއްޖޭގެ ގާނޫނުގައި މަނާ ކޮށްފައިވާ ކަމަކަށް އަރައިގަތުމަށް ހިތްވަރު ނުދޭ ވާހަކައަކަށް ވާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!