ދުނިޔެ

ކޮވިޑް-19:ފްރާންސްގެ އަދަދުތައް ގިނަވެ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފްރާންސްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރިގެން ދިޔުމާ ގުޅިގެން އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ތިން ހަފްތާއަށް ފުރަބަންދުކޮށް، ބައެއް ފިޔަވަޅުތައް އަޅައިފިއެވެ.

Ads by WAMCO

އެ ގޮތުން ފްރާންސްގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެއް ހަފްތާ ވަންދެން އޮންލައިންކޮށް ކިޔަވައި ދިނުމަށްފަހު އަނެއް ދެ ހަފްތާއަކީ ޗުއްޓީ ދުވަސްތަކެއް ކަމުގައި އެ ޤައުމުން ވަނީ ކަނޑައަޅައިފައެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މިއަދު ޓީވީ މެދުވެރިކޮށް އެ ޤައުމުގެ ރައްޔިތުންނަށް ދިން ޚިޠާބެއްގައި ބުނީ ކޮވިޑް-19 ފެތުރުމާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމައިފައިވާ ކަމަށެވެ.

މިއީ ކޮވިޑްގެ ތިންވަނަ ރާޅެއް ފްރާންސްގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ނިންމައިފައިވާ ގޮތްތަކެއް ކަމަށް ވެސް މެކްރޯން ބުންޏެވެ.

މެކްރޯން އިތުރަށް ބުނީ އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކުދި ވިޔަފާރިތައް ބަންދުވާނެ ކަމަށާއި އެއް މަސް ދުވަސް ވަންދެން ފްރާންސްގެ އެތެރޭގެ އުދުހުންތައް ވެސް ބަންދު ވާނެ ކަމަށެވެ. އަދި އެއްމަސް ދުވަހަށް ރޭގަނޑު 7:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 ބޭރުގައި އުޅުން ވެސް މަނާ ވާނެ ކަމަށް ބުނެފައިވެއެވެ.

މި ފިޔަވަޅުތަކަށް ފްރާންސުން ޢަމަލު ކުރަން ދަށަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!