ކޮވިޑް-19: އިންޑިއާގައި އެންމެ 10 ރުޕީސްއަށް ބަލި މީހުންނަށް ފަރުވާދިން ޑޮކްޓަރަކު ނިޔާވެއްޖެ
އިންޑިއާގެ ޗެންނާއި އަށް ނިސްބަތްވާ ޑޮކުޓަރެއް ކަމުގައުވާ ޑޮކްޓަރ ސީ މޯހަން ރެޑީ ކޮވިޑް-19ގެ ބަލި ޖެހި ރަނގަޅުވެ ހުރުމަށް ފަހު ކުއްލި ގޮތަކަށްނިޔާވެއްޖެއެވެ.
މި ޑޮކްޓަރު މަޝްހޫރުވެފައިވަނީ ފަގީރުންނަށް އެންމެ 10 އިންޑިއާ ރުޕީސްއަށް ފަރުވާ ދިން ޑަކުޓަރެއްގެ ގޮތުގައެވެ. އެގޮތުން އޭނާ އާންމުކޮށް ބަލިމީހުންނަށްފަރުވާ ދީ އުޅޭ އަގަކީ 100 ރުޕީސް ކަމުގައި ވިޔަސް، ދަތި ހާލު ޖެހިފައިވާ މީހުންނަށާއި ފަގީރުންނަށް އޭނާ ވަނީ އެންމެ 10 ރުޕީސްއަށް ފަރުވާ ދީފައެވެ.
84 އަހަރުގެ މި ޑޮކްޓަރު ނިޔާވެފައިވަނީ ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅު ވެފައި ހުރެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މި ޑޮކްޓަރު ނިޔާވީ ނޭވާލާ ނިޒާމު ފެއިލްވުމުގެ ސަބަބުންނެވެ.
އޭނާގެ ކޮއްކޮ ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޭނާގެ އަމިއްލަ ސިއްހަތަށްވުރެ އޭނާގެ ޕޭޝަންޓުންގެ ހާލަތާ މެދު އޭނާ ކަންބޮޑުވެގެންއުޅުނު ކަމަށެވެ.
އޭނާއަކީ އުމުރުން މަތީ ޑަކުޓަރަކަށް ވާތީ ރިސްކު ހައި މީހަކަށް ވި ނަމަވެސް ކޮވިޑް-19ގެ ތެެރޭގައިވެސް ބަލިމީހުންނަށް ފަރުވާ ދިނުމުގައި އޭނާވަނީ އަވަދިނެތިއުޅެފައި ކަން ފާހަގަކޮށްލެވެއެވެ.