ޚަބަރު

ކޮވިޑް-19: އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގިނަ ބަޔަކު ފައްސިވުމާ ގުޅިގެން މޮނިޓަރިންއަށްލި އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

Ads by Sosun Fihaara

އުނގޫފާރު މޮނިޓަރިންގ ހާލަތަށް ލެވިފައި ވަނީ އެ ރަށުން މީހަކު ކޮވިޑް-19އަށް ފައްސި ވުމާ ގުޅިގެން، މާޗް މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ 15 ދުވަސް ފަހުން މިއަދު އެ ރަށް މޮނިޓަރިން ހާލަތުން ނެގިފައިވާއިރު އުނގޫފާރު ކުލަސްޓާރއާ ގުޅިގެން އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދި މަޑުއްވަރިން ވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް ފެނިފައެވެ.

މޮނިޓަރިން ހާލަތުން އުނގޫފާރު ނެގީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތައް ވެސް ވަނީ ނައްސިވުމާ އެކީގައެވެ. އަދި އުނގޫފާރުން ފެނުނު ކޭސްތަކުގެ ޑައިރެކްޓު ކޮންޓެކްޓުން 14 ދުވަސް ވަންދެން ހޯމް ކަރަންޓީނު ކުރުމަށް ފަހު ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ވެސް ނައްސިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ އަތޮޅުގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގުޅިގެން ބުރަކޮށް މަސައްކަތްކޮށްފައި ވާ ކަމަށާއި މޮނީޓަރިންގައި އޮތް ދުވަސްވަރު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ފާހަގަ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!