ދުނިޔެ

ކޮވިޑް-19: ޒަވީ ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސްޕެއިންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަވީ ހަނާންޑޭޒް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

Ads by Sosun Fihaara

ޒަވީ ކޮވިޑަށް ފައްސިވެފައިވާއިރު އޭނާއަށް ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާބުނެފައި ވެއެވެ.

ނަމަވެސް އޭނާ މިހާރު ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށާއި ބަލިން ރަނގަޅު ވަންދެން ހުންނާނީ އައިސޮލޭޝަންގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ޒަވީ އަކީ ފުޓުބޯޅައިގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ ބާސެލޯނާައަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާއިރު، 2010 ވަނަ އަހަރުސްޕެއިން އަށް ވޯލްޑް ކަޕް ހޯދައިދިނުމުގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފައެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!