ޖަވާބެއް ބޭނުން، ދަރިފުޅަށް ފަރުވާ ހޯދުމަށް އެހީއަށް އެދި ދާންވީ ކޮން މުއައްސަސާއަކަށް؟
މަޝްހޫރު ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ރިހުނާން މިއަދު ހަވީރު މުލިއާގޭ ކުރިމައްޗަށް ދިޔައީ ދަރިފުޅަށް ފަރުވާ ހޯދުމަށް އެހީއަށް އެދި އާދޭސްކުރަމުންނެވެ.
އެ ވަގުތު މާލެއަށް ހިމަފޮދު ވާރޭ ވެހެމުން ދިޔަ ނަމަވެސް ދަރިފުޅުގެ ހައްގުގައި ވެހުނު ވާރޭގައި ވެސް އެދެމަފިރިން ވަނީ އެތަނުގައި މަޑުކޮށްފައެވެ.
އެ ދެމަފިރިން މުލިއާގޭ ކައިރިއަށް ގޮސް މަޑުކުރުމުން އެ ސަރަހައްދުގައި މަޑު ކުރުމަކީ މަނާ ކަމެއް ކަމަށް އެ އިމާރާތުގެ ގާޑުން ބުންޏެވެ. ނަމަވެސް ޔުނާންގެދެމަފިރިންވަނީ އެ މީހުންނަށް އެހީތެރިވެދޭ ވަރުގެ ބޭފުޅަކާ ބައްދަލު ކުރަން ބޭނުން ވާ ކަމަށް ބުނެ އެތަނުގައި މަޑު ކޮށްފައެވެ.
ޔުނާން ބުނީ އޭނާ އަކީ ދުވަހަކުވެސް ތަނަކަށް ގޮސް މީގެ ކުރިން އަޑު އުފުލާފައިވާނެ މީހެއް ނޫން ކަމަށާއި ނަމަވެސް ދަރިފުޅުގެ ހައްގުގައި މިއަދު އެތަނަށްއައިސް އަޑުއުފުލާ އެހީއަށް އެދި އާދޭސް ކުރުން އެ ދެމަފިރިން ނަށް މަޖުބޫރު ވެފައި ވާ ކަމަށެވެ.
އެ ދަރިފުޅު ބަލިވަރު އެނގޭނީ އެ ދެމަފިރިންނަށް ކަަމަށާއި، ދަރިފުޅު ވަރަށް ގިނައިން ހުން އަންނަ ކަމަށާއި އަދި ހާލުދެރަވާ ފަހަރުވެސް އަންނަ ކަމަށްރިހުނާން ބުންޏެވެ.އަދި ދަރިފުޅުގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ މަންޒަރުތައް ބަލަން ތިބުމަކީ އެ ދެމަފިރިންނަށްކުޅަދާނަ ކަމެއް ނޫން ކަމުގައި ވެސް ރިހުނާން ބުންޏެވެ.
އިންޑިއާގެ ޓްރެވެންޑްރަމަށް ފުރުމަށްހުރިހާ ކަމެއް ހަމަޖެހި ޖާގަ ވެސް ކަށަވަރުވެފައި ވަނިކޮށް ކިމްސް ހޮސްޕިޓަލުން މިހާރު ފަރުވާ ނުދޭނެ ކަމަށް ބުނެ ވަނީޖާގަ ކެންސަލް ކޮށްފައި ކަމަށް އެ ދެމަފިރިން ބުންޏެވެ
އެ ދެމަފިރިން ބުނެފައިވަނީ އެމީހުންގެ އަމިއްލަ ހަރަދުފައި ފްލައިޓުން ޓިކެޓްވެސް ނަގާފާނެ ކަަމަށާއި ހަމައެކަނި ފްލައިޓުން ޖާގައެއް ހަމަ ޖައްސައި ދިނުަމަށެވެ. އަދި ކިމްސް ހޮސްޕިޓަލުން ނޫނަސް އެހެން ހޮސްޕިޓަލަކުން ފަރުވާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ހަމައެކަނި ބޭނުންވަނީ ފްލައިޓުން ޖާގައެއް ކަމަށެވެ.
މޯލްޑިވިއަންގެ މި ފްލައިޓު ބުދަ ދުވަހު ފުރާއިރު މި ފްލައިޓަކީ އާސަންދައިން ޗާޓަރުކޮށްގެން ދާ ފްލައިޓަކަށް ވާތީ މި ފްލައިޓުން ދެވޭނީ ހަމައެކަނި އެ ފަރާތުންކަނޑައަޅާ ބަޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ދައުލަތުގެ ކަމާބެހޭ ހުރިހާ މުައައްސަސާއަކަށް މިހާރު ސިޓީ ލައި ގޮސް އާދޭސްވެސް ކުރެވިއްޖެ ކަމަށާއި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ދެން ދާންވީކޮންތަނަަކަށް ތޯ ބުނެދިނުމަށް ރިހުނާން ވަނީ އެދިފައެވެ. އެ ދަރިފުޅު އަމިއްލަ އަތް މަތީގައި މި ދުނިޔެ ދާ މަންޒަރު ބަލަން ނޭދޭ ކަމަށާއި ދަރިފުޅުގެ ފުރާނަސަލާމަތް ކުރަން އެހީތެރިވެދިނުމަށް އެދި އާދޭސް ކުރާ ކަމަށް ވެސް ބުންޏެވެ.