ޚަބަރު

މާމިގިލިން މީހަކު ފައްސިވެ، ރަށް މޮނިޓަރިންއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އދ. މާމިގިލި މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެރަށް މިވަގުތު މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އަދި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފައިބައި ހެދުމަކީ މަނާކަމެކެވެ.

މާމިގިލިން މީހަކު ފައްސިވެފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ރެކޯޑު އަދަދަކަށް އިތުރުވަމުންނެވެ.

އެޗްޕީއޭއިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްުޔެ ވެސް ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 58 މީހުންނާއި، އަތޮޅުތަކުން 24 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 21 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 24،651 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،512 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!