މިއުޒިކް އަޑު އަހައި ޒުވާނުން ރައްޓެހިންނާ ބައްދަލުކޮށް ހަދަން އެއްވާނެ މަރުކަޒު އަޅަން ކޮމެޓީން ނިންމައިފި
މާލޭގައި ޒުވާނުން ރައްޓެހިންނާ ބައްދަލުކޮށް މިއުޒިކް އަޑު އަހައި ހީނ ސަމާސާކޮށް ހަދަން އެއްވާނެ މަރުކަޒެއް ގާއިމް ކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ފާސް ކޮށްފިއެވެ.
އެގޮތަށް އިޖުތިމާއީ ކޮމެޓީން ނިންމީ އެ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. މާލޭގައި ޒުވާނުން ހިތް ފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމް ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.
ލަތީފް ވިދާޅުވީ އެ ޤަރާރުގެ އެންމެ ބޮޑު ބޭނުމަކީ އެ ހުނަރާ ގުޅޭ އެކިކަންކަން ކުރެވޭނެ މާހައުލެއް ޤާއިމް ކުރުން ކަމަށެވެ. އަދި ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ.
ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަ ކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.
މަޖާ ކުރާ މަރުކަޒެއް މާލޭގައި އެޅުމާ ގުޅޭ ގޮތުން ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.
ވަރައް ރަގަޅު ކަމެއް ކަމައް ފާހަގަ ކޮއްލަން. ދުނިޔޭގަ ކޮންމެ ގައުމެއްގަ ވެސް ޒުވާނުން އެ ޒުވާނުން ގެ ހުނަރު ދައްކާލާ މަޖާ ކޮއްލެވޭ ކަހަލަ ތަން ތަން ހުރޭ އަދި ހުދު އަރަބި ގައުމު ތަކުގަވެސް ހުރޭ އެހެންވީމަ ވަކި ރާއްޖޭގަ މިފަދަ ކަން ކަން އެހެންމީހުނައް އުދަގޫ ނުވާގޮތައް ހުރުން އެޔީ ވަރައް ބުއްދިވެރި ކަމެއް…
ތި މަރުކަޒުގަ ނަށަން ތަކަންދޫން މީހުން ގެންނަން ފެނޭ.