Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ުޔުމްނާގެ ސުވާލެއް އިދިކޮޅަށް: މި ދުވަސްވަރު މާލޭގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައިތޯ؟

ުޔުމްނާގެ ސުވާލެއް އިދިކޮޅަށް: މި ދުވަސްވަރު މާލޭގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައިތޯ؟

ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެފައިވާ މި ދުވަސްވަރު އިދިކޮޅުން މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައިތޯ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ޔުމްނާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން "އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި ރޭ މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންނޭ ކިޔާފައި، މާސްކް އެޅުމެއް ވެސް މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައިތޯ ސުވާލު އުފައްދަވާފައެވެ.

Advertisement
Ooredoo — Square (box)

"މިނިވަންކަމޭ ރައްޔިތުންނޭ ކިޔާފައި، މާސްކް އެޅުމެއް ގައިދުރުކަމެއް ނެތި، މި ދުވަސްވަރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައި ބާ" ޔުމްނާ ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގައި އަޑުއުފުލާފައި ވަނީ ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސަރުކާރުން ވައުދުވި މިނިމަމް ވޭޖު ދިނުމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7000 ފްލެޓު ދިނުން ލަސްވުމާ ގުޅިގެން އެކަން އަވަސްކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ.

އަދި އެމްޑީޕީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް