Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލަށް އިމާރާތްކުރި މިސްކިތްތައް ހުޅުވުން ލަސްވާތީ ޝަހީމްގެ ކަންބޮޑުވުން

އަލަށް އިމާރާތްކުރި މިސްކިތްތައް ހުޅުވުން ލަސްވާތީ ޝަހީމްގެ ކަންބޮޑުވުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިމާރާތްކުރި މިސްކިތްތައް ހުޅުވުން ލަސްވާތީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. ޝަހީމް ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ވެސް، އެ މިސްކިތް މި ފެށޭ ރަމަޟާން މަހަށް ނުހުޅުވޭނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ކިންސް ސަލްމާން މިސްކިތް ރޯދަ މަހު ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ މަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.އެހެން ނަމަވެސް، އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މިސްކިތް ރަމަޟާން މަހަށް ނުހުޅުވޭނެ ކަމަށެވެ. އެއީ އެތަން ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންތައްތައް އަދިވެސް ނުނިމޭތީ ކަމަށް ވެސް އެ މިނިސްޓްޜީން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ، މާލެއާއި ރާއްޖޭގެ އެހެން ބައެއް ސަރަޙައްދުތަކުގައި ޤާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒުތައް ހުޅުވައި ޚިދުމަތް ނުދެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި އެކަންކަން ހައްލު ކޮށްދިނުމަށް އެހީތެރިވުމަށް ތައްޔާރު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް