ސިއްޙަތު

“21 ޑޭސް ޗެލެންޖް” މިއީ ބައިވެރި ނުވެ ދޫކޮށްލެވޭ ވަރުގެ ޕްރޮގްރާމެއް ނޫން!

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރުދަން ލުއި ކުރުމަކީ ނުވަތަ ހިކުމަކީ ވަރަށް ގިނަ ބަޔަކު ބޭނުން ވާނޭ ކަމެކެވެ. އެކަން ކުރުމަށް ދިވެއްސަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ދެރޭ ދެދުވާ ވަންދެން ނުކައި ވެސް ހުރެދާނެއެވެ. ތާކުން ފެންނަހާ ކޮންމެ ޑައިޓެއް ވެސް ދެދުވަސް ވަންދެން ޖައްސާނެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ނަތީޖާއެއް ނުފެނި، އެކަން ދަނީ ފަނުފުލުންނެވެ.

ދާދި ފަހުން އަޅުގަނޑުގެ ފޭސްބުކް ފްރެންޑެއްގެ ސްޓޯރީއިން މި ވަނީ ވަރަށް ތަފާތު ޕްރޮގްރާމެއް ފެނިފައެވެ. "21 ޑޭސް ޗެލެންޖް" ނަމަކަށް ކިޔާ މި ޗެލެންޖު ފެނި، މިއީ ކިހާވަރެއްގެ ކޯއްޗެއްތޯ ބަލައިލާނަމޭ ހިތަށް އެރިއެވެ. މިއީ ކިހިނެތް ކިހިނެތް، ކޮންތާކު ކޮންބަޔަކު ކުރިޔަށްގެންދާ ޕްރޮގްރާމެއްތޯ އޭނާ ކުރެން އަހައި އޮޅުން ފިލުވާލީމެވެ. އޭނާގެ ފަރާތުން ލިބުނީ މީގެ ކުރިން ވެސް ލައްކަ ފަހަރު އެކި މީހުންގެ ފަރާތުން ލިބުނު ޖަވާބެކެވެ. "މީތި މީ ވަރަށް ސަޅި އެއްޗެއް"، "ހަމަ ޔަގީން މީގަ ބައިވެރިވެގެން ހިކޭނެކަން". މިފަދަ ޖަވާބުތަކެކެވެ.

އެހެން ނަމަވެސް މިކަމުގެ އަޖުމަ ބަލާނީ އަމިއްލައަށް ނޫން ކަމަށް ނިންމައި މީގެ ކުރިން މި ޕްރޮގްރާމުގައި ބައިވެފައިވާ ކުއްޖަކާ ފޯނުން ގުޅައި ވާހަކަދައްކާލީމެވެ.

އައްޑޫގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުންދާ ހައްވައާ ވާހަކަ ދައްކާލުމުން ލިބިގެން ދިޔައީ ހީކުރި ޖަވާބާ މުޅިން ތަފާތު ޖަވާބެކެވެ. ހައްވަ ބުނީ މި ޕްރޮގްރާމަކީ ހަމަ ހަގީގަތުގައި ވެސް ނަތީޖާ ފެންނަ ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑު ފެއްޓީ މިދިޔަ އަހަރު ނޮވެމްބަރ މަހު.. އޭރު ހުރީ 84.9 ކިލޯ... ފުރަތަމަ ސީޒަން ނިންމާލި އިރު ހުރީ 79.2 އަށް ލުއިވެފަ. މިހާރު ހުންނަނީ 71.9 ކިލޯ... ޖުމްލަ 13 ކިލޯ މި ލުއިވީ ތިން ސީޒަނުން..." މި ޕްރޮގްރާމުގެ މިދިޔަ ތިން ސީޒަނުގައި ބައިވެރިވެފައިވާ ހައްވަ ކިޔައިދިނެވެ.

ހައްވަ ބުނިގޮތުގައި މި ޕްރޮގްރާމް، އެހެން ޕްރޮގްރާމްތަކާ ތަފާތެވެ. އެގޮތުން މި ޕްރޮގްރާމުގައި ބޮޑަށް ކިޔައިދެނީ ކެއުމުގެ ވައްޓަފާޅިއަށް ގެންނަންވީ ދުޅަހެޔޮ ބަދަލުތަކެވެ. އަދި ކާންވީ ވަގުތުތަކާއި، ނުކާންވީ އެއްޗެހި މި ޕްރޮގްރާމުން އެނގިގެން ހިނގައްޖެ ކަމަށް ވެސް ހައްވަ ބުންޏެވެ.

"އޭރު ފުރަތަމަ ފެއްޓި އިރު ހުރީ ޗުއްޓީގަ... 8 އަހަރުގެ ދަރިއެއް ގޮވައިގެން ވަރަށް ބިޒީކޮށް ހައްވަ އުޅެނީ އަސްލު... އެކަމަކު މި ޕްރޮގްރާމް ފަސޭހަކަމުން މީތި ކުރިޔަށް ގެންދަން އެއްވެސް ވަރަކަށް އުނދަގުލެއް ނުވޭ... އެހެންވީމަ ކޮންމެ މީހަކަށް ވެސް ކިތަންމެ ބިޒީކޮށް އުޅެމުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެގެން ކުރިޔަށް ދެވިދާނެ..." ހައްވަ "ދެން"އަށް ކިޔައިދިނެވެ.

މީގެ އިތުރުން ހައްވަ ބުނިގޮތުގައި، ކޮވިޑުގެ މި ބަލިމަޑުކަން ބާރުމިނުގައި ފެތުރިގެން މިދާ ދުވަސްވަރެއްގައި، ގޭގައި އާއިލާއާއެކު ތިބެގެން އޮންލައިންކޮށް ކަސްރަތާއި ކެއުމުގެ ވައްޓަފާޅި ދަސްކޮށްދޭ ކްލާސްތައް ވެގެންދިޔައީ، މި ޕްރޮގްރާމަށް އިތުރު ޝައުގުވެރިކަމެއް އުފެދި މި ޕްރޮގްރާމާއެކު ކުރިޔަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރަކާއި ފަސޭހައެކެވެ.

"ކޮންމެ ސީޒަނެއް މިއޮންނަނީ 21 ދުވަހުގެ މުއްދަތަށް… އެއަށް ފަހު ފަސް ދުވަހުގެ ބްރޭކެއް ލިބެނީ... އަނެއްކާ ވެސް އަނެއް ސީޒަން ފަށަނީ. މިހާ ހިސާބަށް އާދެވުނީ ވެލްނެސް ކޯޗް ނުސްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު..." ހައްވަ ބުންޏެވެ.

ހައްވަ ބުނި ގޮތުގައި މި ޕްރޮގްރާމު އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކަމުގައި ވީނަމަވެސް، ޕްރޮގްރާމުގެ ކޯޗެއް ކަމުގައިވާ ނުސްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދެއެވެ. އެގޮތުން ކޮންމެ ދުވަހަކީ ވެސް ކޯޗް ނުސްއާ ވަރަށް ގާތުން ވާހަކަ ދެކެވި ދެން ކުރިޔަށް ގެންދާނެ ގޮތް ކިޔައިދީ އިތުރަށް ހިތްވަރުދޭ ދުވަހެކެވެ. އަދި މީގެ އިތުރުން ހަފްތާ ނިމިގެން ދާނީ އެ ހަފްތާގައި ކުރެވުނު މަސައްކަތްތަކާ މެދު މަޝްވަރާކުރެވޭ ނުސްގެ ފޯން ކޯލަކުންނެވެ.

ހައްވަ ބުނާ ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވީ ބަރުދަން ލުއިކުރަން ކަމުގައިވީ ވީނަމަވެސް ޞިއްޙަތަށް ފައިދާ ކުރަނިވި ދުޅަހެޔޮ ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރާނެ ގޮތާއި، ކަސްރަތު ކުރުމުގެ މުހިންމުކަން ދަސްވެގެން ދިޔައެވެ.

https://www.instagram.com/p/CNLRD0Ap0xB/?igshid=107hmzmcfee63

މި ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެލްނެސް ކޯޗުންތަކެއް އެކުވެގެން ކުރިޔަށްގެންދާ ވަރަށް ކާމިޔާބު ނަތީޖާތަކެއް ނެރެދޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އިސްކަށްދޭ ޕްރޮގްރާމެއް ނޫނެވެ. ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ޕްރޮގްރާމްގެ ޚާއްސަ ކަމަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނާއި، ބަރުދަން އިތުރުކުރަން ބޭނުންވާ މީހުންނާއި، އަދި ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ބޭނުންވާ މީހުންނަށް ވެސް ބައިވެރިވެވޭ ޕްރޮގްރާމެކެވެ.

  1. ޒާހިދާ

    ކިތައް ރުފިޔާ ދައްކަންޖެހޭ ޕްރޮގްރާމެއްކަން ވެސް ބުނެލީމަތާ މީހުނަށް އެގޭނީ. 3000 އިން މަތި މި ޕްރޮގްރާމްގެ އަގު

    • މައުސް

      ބަރުދަން ލުއިކުރަން އެވަރު ބޮޑު. މަހެއްގެ މައްޗައް ހުސްއެކަނި ކެއުމަށް އެވަރު ހަރަދުކޮއްލަން މަދު. އެހެންނު! ލޮލް